ހެރިސް ވޯޓުލައްވައިފި، އެމެރިކާގެ ރިޔާސީ އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތައް ފެށިއްޖެ

ކަމަލާ ހެރިސް

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓު، ނައިބު ރައީސާ ކަމަލާ ހެރިސް ވޯޓު ލައްވައިފިއެވެ.

ހެރިސް ވޯޓު ލައްވާފައިވަނީ އަރލީ ވޯޓިންގ ނުވަތަ ކުރީބައިގައި ވޯޓު ދިނުމުގެ ފުރުޞަތުގެ ދަށުން، މެއިލް ނުވަތަ ޕޯސްޓު މެދުވެރިކޮށެވެ.

ހެރިސާއި، އިންތިޚާބުގައި އޭނާއާ ވާދަކުރައްވާ އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު، ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރު ގެންދަވަނީ އިންތިޚާބަށް އެންމެ ފަހުގެ ތައްޔާރީތައް ކުރައްވަމުންނެވެ. އަދި، ތާޢީދު އިތުރު ކުރުމަށް އެންމެ ފަހުގެ ކެމްޕޭން ޖަލްސާތައް ބާއްވަވަމުންނެވެ.

މިޝިގަނާއި ޕެންސިލްވޭނިޔާއަކީ މި އަހަރުގެ އިންތިޚާބުގައި "ސްވިންގ ސްޓޭޓް"ތަކުގެ ގޮތުގައި ބެލެވޭ ދެ ސްޓޭޓެވެ. އެންމެ ފަހުން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު، ހެރިސާއި ޓްރަމްޕްގެ ތެރެއިން އެއްވެސް ކެނޑިޑޭޓަކަށް ކުރި ހޯދިފައެއް ނެތެވެ.

ޔުނިވަރސިޓީ އޮފް ފްލޮރިޑާގެ އިލެކްޝަން ލެބުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައިލާއިރު، އަރލީ ވޯޓިންގގެ ފުރުޞަތު ބޭނުންކޮށް، މިހައިތަނަށް ވޯޓު ލާފައިވާ މީހުންގެ އަދަދު 78 މިލިޔަނަށް އަރައެވެ. އެއީ، 2020ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ފުރުޞަތު ބޭނުންކޮށްގެން ވޯޓުލާފައިވާ މީހުންގެ އަދަދު ކަމުގައިވާ 160 މިލިޔަނާ އަޅައިބަލާއިރު ދެބައިކުޅަ އެއްބައެވެ.

ނޮވެންބަރު 5 ވަނަ ދުވަހު އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސްގައި ހުސްވެފައިވާ ގޮނޑިތަކުގެ އިންތިޚާބު ވެސް، ރިޔާސީ އިންތިޚާބާ އެކުއެކީގައި ކުރިއަށް ދާނެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާއިން ފެންނަނީ، ކޮންގްރެސްގެ މަތިގެ، ސެނެޓުގެ ވޯޓު ކާމިޔާބު ކުރާނީ ރިޕަބްލިކަން ޕާޓީން ކަމުގައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

26 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy