ބަޖެޓް ކޮމެޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރުގެ ބަޖެޓުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމުމަށް މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުން ވަނީ އަންނަ އަހަރަށް ލަފާކޮށް ޖުމުލަ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ.
ބަޖެޓުގެ މަސައްކަތް ނިންމާނެ ތާރީޚެއްގެ ގޮތުގައި މި މަހުގެ 20 ވަނަ ދުވަސް ކަނޑައެޅުމަށް ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްގަފޫރު މޫސާއެވެ. މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތާއީދުކުރެއްވުމާއެކު، ކޮމިޓީ މެންބަރުންގެ އިއްތިފާގުން މި ތާރީޚު ފާސްކުރެވުނެވެ.
ކޮމިޓީން ވަނީ އޮޑިޓަރ ޖެނެރަލް އަދި ގަވަރުނަރުގެ ބަޖެޓާ ގުޅޭ ޚުލާސާ ބަޔާން ހޯދުމަށާއި، މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ އިދާރާތަކުން ހޯދަންޖެހޭ އިދާރީ ލިޔެކިޔުންތައް ހޯދުމަށް އިދާރާތަކަށް ސިޓީ ފޮނުވުމަށް ވެސް ނިންމާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ވެސް ހޮވާފައިވެއެވެ. އެގޮތުން، ކޮމިޓީގެ މުގައްރިރަކަށް ހޮވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފާޒާދެވެ. އަދި ނައިބު މުގައްރިރަކަށް ހޮވިފައިވަނީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
އަންނަ އަހަރަށް ލަފައިކުރާ ބަޖެޓުގެ ޖުމުލަ ޚަރަދަކީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ހިމެނެއެވެ. އަންނަ އަހަރުގެ ޖުމުލަ އާމްދަނީއާއި ހިލޭ އެހީ 39.8 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ހިމެނެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް