ޝަހީދުންގެ އާއިލާތަކަށް މާލީ އެހީއާއި ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިހާތަނަށް އެކި ހާދިސާތަކުގައި ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށް މާލީ އެހީއާއި ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، 3 ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެހިން ޝަހީދުވެފައިވާ ކަމަށާއި، މީގެ އިތުރުން މިދިޔަ 40 އަކަށް އަހަރު ތެރޭގައި އެކި ހާދިސާތަކުގައި 29 ސިފައިންނާއި ދެ ފުލުހުން ވެސް ޝަހީދުވެފައިވާ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިފަދަ ޝަހީދުންގެ އާއިލާތަކަށް ފަހަކަށް އައިސް ސަރުކާރުން އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދީފައި ނުވާކަމީ ވަރަށް ބޮޑު ބޭއިންސާފެކެވެ. މިކަން ރަނގަޅު ކުރުމުގެ ގޮތުން، މިއަންނަ އަހަރުން ފެށިގެން ޝަހީދުވި ފަރާތްތަކުގެ އާއިލާތަކަށާއި، ތިނެއް ނޮވެމްބަރުގެ ހަނގުރާމައިގައި ހިތްވަރުގަދަކަމުގެ މެޑެލް ލިބިފައިވާ ފަރާތްތަކަށް ސަރުކާރުން ޚާއްޞަ އެލަވަންސެއް ދޭނެ ކަމަށް ރައީސް އިޢުލާންކުރެއްވިއެވެ.

މީގެ އިތުރުން، ޝަހީދުންގެ އާއިލާތަކަށް ޚާއްޞަކޮށް 50 ހައުސިންގ ޔުނިޓް ހިމެނޭ "ޝަހީދުންގެ ހިޔާ" ގެ ނަމުގައި އިމާރާތެއް ކުރިއަށް އޮތް އަހަރުތަކުގައި އަޅައި ނިންމައި، މި އާއިލާތަކާ ހަވާލުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، މިފަދަ އެހީތެރިކަމަކުން ޝަހީދުންގެ އާއިލާތަކުގެ ހިތާމައަށް ފުރިހަމަ ލުޔެއް ނުލިބުނު ކަމުގައިވިޔަސް، މިއީ އެންމެ ކުޑަމިނުން ކޮށްދޭންޖެހޭ ކަމެއް ކަމުގައި އެމަނިކުފާނު ޤަބޫލުކުރައްވާ ކަމަށެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

29 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

1 ދުވަސް ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy