ބާސާ މިވަގުތު އޮތީ ރަނގަޅު ފޯމެއްގައި
ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް އަތުން 3-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބާސެލޯނާ އިން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ސްޕެއިނުގެ ވެލެންސިއާ އަށް ދިމާވެފައިވާ ފެންބޮޑުވުމުގެ ހާދިސާއާ ހެދި ރެއާލް މެޑްރިޑް ކުޅެން އޮތް މެޗު ވަނީ ކެންސަލްކޮށްފަ އެވެ. ބާސެލޯނާ އިން އޭގެ ފައިދާނަގައި މި ވަނީ ލީޑުފުޅާކޮށްފަ އެވެ. އެ ގޮތުން، ބާސެލޯނާ އިން ވަނީ 12 މެޗުން 33 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 11 މެޗުން 24 ޕޮއިންޓް ލިބިފަ އެވެ.
ބާސެލޯނާ އިން ވަނީ 12 ވަނަ މިނިޓްގައި ޑެނީ އޮލްމޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. އަދި 23 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ގޯލެއް ޖަހައި ބާސެލޯނާގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން އެސްޕަންޔޯލްގެ ޖޯފްރޭ ކަރޭރާސް ގޯލެއް ޖެހި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެވެ. މެޗުގެ 31 ވަނަ މިނިޓްގައި އޮލްމޯ ވަނީ އިތުރު ގޯލެއް ޖަހައި، ބާސެލޯނާ އަށް ފުރަތަމަ ހާފުގައި ރަނގަޅު ލީޑެއް ހޯދައިދީފަ އެވެ.
ދެ ވަނަ ހާފުގައި އެސްޕަންޔޯލްގެ އަލްވާރޯ ޓެޖޭރޯ ޖެހި ގޯލެއް ވެސް ވަނީ ވީއޭއާރް އިން ކެންސަލްކޮށްފަ އެވެ. އެކަމަކު، ޖަވީ ޕުއާޑޯ ވަނީ މި މެޗުގައި އެސްޕަންޔޯލަށް ލަނޑެއް ޖަހައިދީފަ އެވެ.
ލީގުގެ ތިން ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑުން ވަނީ ލަސް ޕަލްމާސް އަތުން 2-0 އިން މޮޅުވެފަ އެވެ. އެތުލެޓިކޯ އަށް ވަނީ 12 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް