ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް
ދުނިޔޭގެ ސިޔާސީ އޮއިވަރުތައް ހިނގަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވެދާނެ ކަމަށާއި، ދިވެހިން އަބަދުވެސް ތިބެންޖެހޭނީ އެކަމަށް ހޭލާ ކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
މިފަދައިން އެމަނިކުފާނު ވިދާޅުވެފައި ވަނީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވުނު ރަސްމީ ޖަލްސާގައެވެ.
ރައީސް މައުމޫނު ވިދާޅުވީ 3 ނޮވެމްބަރު 1988 ގައި ކުރިމަތިވި ހާދިސާއަކީ ފަހަކަށް އައިސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ހާދިސާ ކަމަށާއި، އެދުވަހު ދިވެހިންނަށް ލިބުނު ނަސްރަކީ މާތްﷲގެ ހަޒްރަތުން ލިބުނު ނަސްރެއް ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް އަޅުގަނޑުމެންގެ އީމާންތެރިކަން ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ.
ނޮވެމްބަރު 3 ގެ ހާދިސާއިން ދިވެހިންނަށް ލިބޭ އިބްރަތްތައް މުއްސަނދި ކަމަށް ފާހަގަކުރައްވައި، އެ ހާދިސާއިން އެންމެ ފާހަގަކުރެވެނީ ދިވެހިންގެ އެއްބައިވަންތަކަމާއި ނުގުޑާ ފަދަ އަޒުމުގައި ހިފެހެއްޓުން ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ. އަދި ގައުމީ ކަންތައްތަކަކީ އަބަދުވެސް ސިޔާސީ ކަންތަކަށް ވުރެ އިސްކަން ދޭންޖެހޭ އުސޫލުތަކެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް މައުމޫނު އިތުރަށް ވިދާޅުވީ އެ ދުވަހު ރާއްޖެއަށް ހަމަލާދިން ދުޝްމަނުންނަށް އެއްވެސް ދިވެއްސެއްގެ ފަރާތުން އެހީތެރިކަމެއް ނުލިބުނު ކަމަށެވެ. އަދި ގައުމުގެ މިނިވަންކަމާއި އިއްޒަތާއި ޝަރަފަށްޓަކައި ތިމާގެ ހަށިގަނޑާއި ފުރާނައިން ގުރުބާންވުމަށް ކެރޭ ބައެއްކަން އެދުވަހު ސާބިތުވި ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް މައުމޫނުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ ސިޔާސީ އޮއިވަރު ހިނގަމުންދާ ގޮތުން ރާއްޖެއަށް ކުއްލި ނުރައްކަލެއް ދިމާވުމަކީ ވެދާނެ ކަމެއްކަން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަށާއި، އަބަދުވެސް ދިވެހި ރައްޔިތުން ތިބެންޖެހޭނީ މިކަމަށް ހޭލާ ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް