---
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ސިފައިންގެ އަސްކަރީ ޤާބިލުކަން ދައްކާލުމުގެ ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެެވެ.
"ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން" ނަމުގައި ކުރިއަަށްދިޔަ މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
ސިފައިންގެ އަސްކަރީ ހަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހުރީ މައިދާނަށް ވަޑައިގެންނެވުމުން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީއާއި ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނުގެ އިތުރުން ވަޒީރުންނާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދަކަށް ޢާއްމު ރައްޔިތުންވެސް ބައިވެރިވިއެވެ.
ސިފައިންގެ އަސްކަރީ ހުށައެޅުމުގައި ވަނީ ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ޤާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލާފައެވެ. ރެކޯޑްކޮށްފައިވާ މައްޒަރުތައް އަދި ޖުމްހޫރީމައިދާނުގައި ވަގުތުން ގެނެސްދިން މަންޒަރުތަކުގައި ވަނީ، ނިރުބަވެރި ޙާމަލާއެއް ދިވެހި ސިފައިންގެ ޚިދުމަތުުން ރޫޅާލުމުގެ އޮޕަރޭޝަނެއް ރާވާ ކުރިއަށްގެންދާނެ ގޮތް ގެނެސްދީފައެވެ.
ކޯސްޓް ގަރޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދަޢުރު މި އޮޕަރޭޝަންގައި ވަނީ ދައްކުވައިދީފައެވެ. އެގޮތުން އުޕަރޭޝަންގެ ރޭވުންތެރިކަމާއި އެކަމުގައި ބޭނުންކުރާ އުކުޅުތަކާއި ސިފައިގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލިއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް