ބަންގްލަދޭހަކީދުނިޔޭގައި އަންނައުނު އުފައްދާ އެންމެ ބޮޑު ދެވަނަ ޤައުމު
ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އަންނައުނު އުފައްދާ ޤައުމު ކަމުގައިވާ ބަންގްލަދޭޝްއިން، އިންޑިއާގެ މަގު ދޫކޮށް ރާއްޖެ މަގުން އަންނައުނު އެކްސްޕޯޓް ކުރަން ފަށައިފިއެވެ.
މި ބަދަލު ގެނެސްފައިވަނީ އިންޑިއާގެ މަގުން ރަނގަޅު އާމްދަނީއެއް ލިބުން ދަތިވުމުންނެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި މި މައުލޫމާތު ރިޕޯޓުކޮށްފައިވަނީ ޔޫރަޕަށް އަންނައުނު ބޭރުކުރާ ކުންފުނިތަކުގެ އެޖެންޓުންނާ ހަވާލާދީއެވެ. މި ޚަބަރާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ މިދިޔަ ޖޫންގައި ދިވެހި ސަރުކާރުން ގާއިމުކުރި ސީ ޓު އެއާ ކާގޯ ޓްރާންސްފާގެ ޚިދުމަތްތައް ކުރިއަށްދާ ތަން ފެނުމުން ވަރަށް އުފާވާ ކަމަށެވެ.
އަމީން އިތުރަށް ވިދާޅުވެފައިވަނީ ޑިމާންޑު ބޮޑުވެ، ރާއްޖެއިން މެދުއިރުމައްޗާއި ޔޫރަޕަށް ކުރާ ދަތުރުތަކުގައި ބޭނުން ނުކުރާ މުދާ އުފުލާ ޖާގަތައް ވެސް ދަނީ ފުރެމުން ކަމަށެވެ. އަދި މިހާރު އެންމެ އިސް މަސައްކަތަކަށް ވާނީ ކުރިއަރަމުން އަންނަ މި ސިނާއަތް ރެގިއުލޭޓްކޮށް ހިމާޔަތްކުރުމާއި، ލޯކަލް ވިޔަފާރިތަކަށް މިއިން އާމްދަނީ ލިބޭނެ ގޮތްތަކެއް މަގުފަހިކުރުން ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
މި ބަދަލާއެކު ރާއްޖޭގެ ޓްރާންސްޕޯޓް ސެކްޓަރަށް އިތުރު ކުރިއެރުމެއް ލިބި، އިޤްތިޞާދަށް ފައިދާވާނެ ކަމަށް ބެލެވެއެވެ. އަދި މިއީ ރާއްޖޭގެ ޖިއޯގްރަފިކަލް ލޮކޭޝަންގެ ސަބަބުން ލިބޭ ފުރުޞަތެއްގެ ގޮތުގައި ވެސް ފާހަގަކުރެވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް