އީރާނުގެ ރޫހާނީ ލީޑަރ
އިޒްރާއީލުން އިރާނަށް ދިން ހަމަލާއަށް ޖަވާބުދާރީވުމަށް އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަމުރުކުރައްވައިފިއެވެ.
ނިއުޔޯކް ޓައިމްސްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އިޒްރާއީލުން ހޮނިހިރު ދުވަހު އިރާނަށް ދިން ހަމަލާއިން ލިބުނު ގެއްލުން "އަޅައިނުލާ ދޫކޮށްލެވޭ ވަރަށްވުރެ މާ ބޮޑު" ކަމަށް ނިންމަވައި، އިޒްރާއީލަށް ހަމަލާއެއް ދިނުމަށް ތައްޔާރުވުމަށް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް އާޔަތުﷲ ޚާމަނާއީ އަމުރުކުރައްވާފައިވެއެވެ.
އިރާނުގެ އޮފިޝަލުން ބުނާ ގޮތުގައި، އިރާނުގެ އަސްކަރީ ޤާބިލިއްޔަތަށް ލިބުނު ގެއްލުމުގެ ބޮޑުމިނަށް ބަލާއިރު، "ޖަވާބު ނުދިނުމަކީ ބަލިވުން ޤަބޫލުކުރުން" ކަމަށް އާޔަތުﷲ ޚާމަނާއީ ވިދާޅުވެފައިވެއެވެ. އިރާނުގެ އަސްކަރީ ލީޑަރުން މިހާރު އިޒްރާއީލުގެ އަސްކަރީ އަމާޒުތަކުގެ ލިސްޓެއް ތައްޔާރުކުރަމުންދާ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
އިރާނުގެ ޤުދްސް ފޯސްގެ ކޮމާންޑަރު އިސްމާއީލް ޤާއާނީ ވިދާޅުވެފައިވަނީ، "އިރާނުން އެ ޤައުމުގެ އެކުވެރި ހިޒްބުއްﷲއާއެކު ދެމިއޮންނާނެ" ކަމަށެވެ. ހިޒްބުﷲއަކީ ލުބުނާންގައި ހަރަކާތްތެރިވާ އިޒްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތެކެވެ.
އިޒްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ އިރާނަށް ފަހުން ދިން ހަމަލާތަކުގެ ސަބަބުން، ދެވަނަ ބުރެއްގައި އިތުރު ގެއްލުންތަކެއް ދިނުމުގެ ފުރުސަތު އިޒްރާއީލަށް ލިބިފައިވާ ކަމަށެވެ. އިޒްރާއީލަށް މިހާރު އިރާނުގައި ޢަމަލުކުރުމުގެ މިނިވަންކަން ކުރިއަށްވުރެ މާ ބޮޑަށް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
އޮކްޓޯބަރު 1 ވަނަ ދުވަހު އިރާނުން އިޒްރާއީލަށް ދިން މިސައިލް ހަމަލާދިނީ ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުﷲ އަވަހާރަކޮށްލުމާއި، ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމަށް އިޒްރާއީލުން ދިން ހަމަލާއަށް ރައްދު ދިނުމުގެ ގޮތުންނެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް