މައުރަޒު ހުޅުވައި ދެއްވުން
ނަސްރުގެ ދުވަހާ ގުޅިގެން ސިފައިން ބާއްވާ މައުރަޒު 2024 ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފި އެވެ.
ނޭޝަނަލް އާޓް ގެލަރީގައި މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މައުރަޒުގައި 1988 ގެ ނޮވެމްބަރު 3 ގައި ދިވެހިރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅޭ 200 އަށްވުރެ ގިނަ ޑިސްޕްލޭ ހިމެނެ އެވެ.
މި މައުރަޒުން އުދުވާނީ ހަމަލާގައި ލިބުނު ގެއްލުންތަކާއި އެ ދުވަހު ނަސްރު ހޯދުމަށް ސިފައިން ދެއްކި ހިތްވަރު ފެނިގެންދާނެ އެވެ. އަދި ފޮޓޯގެ އިތުރުން ނަސްރުގެ ދުވަހު ބޭނުން ކުރި ބައެއް އަސްލު ހަތިޔާރު ވެސް މައުރަޒުގައި ހިމެނެ އެވެ.
މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 9:00 އިން 12:00 އަށާއި، މެންދުރުފަހު 2:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ. ރައީސް އޮފީހުން ބުނީ މި މައުރަޒުގެ މައިގަނޑު ބޭނުމަކީ ނަސްރުގެ ދުވަހުގެ މައުލޫމާތު އަދުގެ ޖީލަށް ބުނެދިނުމެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ ހަރަކާތްތައް ފެށިގެން ދިޔައީ އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ 3 ނޮވެންބަރުގެ ހަނދާނީ ބިނާގައި ދިދަ ޖެހުމާއި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފަ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް