ކޭޝްލެސް ހިދުމަތް ހުއްޓާލުމުން ވެސް އާސަންދަ ލިބޭނެ:އެންސްޕާ

އާސަންދަ ގިނަބައެއްގެ ފަރުވާއާއި ގުޅިފައި

ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން އައުޓް ޕޭޝަންޓް ހިދުމަތްތަކަށް ދެމުން އައި ކޭޝްލެސް ހިދުމަތް ހުއްޓާލުމުގެ ސަބަބުން އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހޭ ކޮންމެ ހާލަތެއްގައި ވެސް، ކުރިއެކޭ އެއްގޮތަށް އާސަންދަ ހިދުމަތް ލިބޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު އާސަންދަ ހިދުމަތަށް ގެނެވުނު ބަދަލާ ގުޅިގެން، ސިއްހީ ހިދުމަތް ދޭ ތަންތަނުން އައުޓް ޕޭޝަންޓްކޮށް ހިދުމަތް ހޯދާ ބަލިމީހުންނަށް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ނަމަ އާސަންދަ ނުލިބޭ ގޮތަށް ހަމަޖެހުނެވެ. މި ބަދަލާ އެކު ބައެއް ޕްރައިވެޓް އިންޝުއަރެންސް ކުންފުނިތަކުން އައުޓް ޕޭޝަންޓުކޮށް ހިދުމަތް ހޯދާއިރު ދެމުން އައި ކޭޝްލެސް ސާވިސް މެދުކަނޑާލާފައިވެއެވެ.

މި ކަމާ ގުޅިގެން ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވަމުން ދަނިކޮށް، އެންސްޕާއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އާސަންދަ ހިދުމަތަށް ގެނައި ބަދަލުގައި އެއްވެސް ސަބަބަކާ ހުރެ ޕްރައިވެޓް އިންޝުއަރެންސް ނުލިބޭ ނަމަ އެ ފަރާތްތަކަށް އާސަންދަ ސްކީމުން މިހާރު ވެސް ހިދުމަތް ލިބޭނެ ކަމަށެވެ.

މި ދަނޑިވަޅުގައި ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން މައުލޫމާތު ހާމަކުރަމުންދާ ކަމަށް ބުނެ، އެކަމާ ގުޅޭ ސައްހަ މައުލޫމާތު އާސަންދަ ހޮޓްލައިން 1400 އަށް ގުޅުއްވައިގެން ހޯދުމަށް ވެސް އެންސްޕާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

16 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy