މާދަމާ ސަރުކާރު ބަންދު ނަމަވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ

ޕާސްޕޯޓް ހެއްދުމަށް ވަނީ ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފަ

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ނަމަވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ސަރުކާރު ބަންދު ދުވަސްތައް ކަމަށްވާ ނޮވެމްބަރުމަހުގެ 3 އަދި 10 ވަނަ ދުވަހު، ޕާސްޕޯޓުގެ ޚިދުމަތް ލިބޭނީ ހަމައެކަނި މާލެ އޮފީހުން ކަމަށެވެ.

އިމިގްރޭޝަނުން އިތުރަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ، އިމުގާ ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ކަމަށާއި، 65 އަހަރުން މަތީގެ ފަރާތްތަކަށް ހެނދުނު 8:30 އިން މެންދުރު 14:00 އާ ހަމައަށް އިމިގްރޭޝަނަށް ހާޒިރުވެ އޮންލައިންކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރުން ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރު 14:00 އަށް ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެގެންވެސް ނަންބަރު ނެގޭނެ ކަމަށް އިތުރަށް މަޢުލޫމާތު ދީފައިވެއެވެ.

މި އިންތިޒާމުތަކުގެ ސަބަބުން، ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ރައްޔިތުންނަށް ޕާސްޕޯޓާ ގުޅޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ލިބިގެންދާނެ ކަމަށް ބެލެވެއެވެ. މިއީ ދަތުރުފަތުރުގެ ކަންކަމަށް އަވަސް ޙައްލު ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަވެގެންދާނެ ކަމެއް ކަމުގައި ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

54 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy