ރައީސް ޑރ. މުހައްމަދު މުއިއްޒު
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ މަސައްކަތުގެ ދަށުން، އިއްޔެގެ ނިޔަލަށް 248 ސިޔާސީ މުވައްޒަފުން ވަކިކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
މިއީ ރައީސް މުހައްމަދު މުއިއްޒު މިދިޔަ މަހުގެ 15 ވަނަ ދުވަހު އިއުލާން ކުރެއްވި ގޮތަށް ދެ ހަފްތާގެ ތެރޭގައި 228 މުވައްޒަފުން ވަކިކުރުމަށް ނިންމެވި ނިންމެވުމަށްވުރެ 20 މުވައްޒަފުން އިތުރު އަދަދެކެވެ.
މީގެ އިތުރުން، ސިޔާސީ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އައު ނިޒާމެއް ގާއިމްކުރުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށާއި، އެ ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުން މަދުކުރުމާ ގުޅިގެން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ރައީސް ކުރިން ވިދާޅުވެފައިވެ އެވެ. މިއީ ގައުމުގެ މާލީ ހާލަތު ގޯސްވެ، ސަރުކާރުން ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ދަނޑިވަޅެއްގައި އެޅުނު މުހިންމު ފިޔަވަޅެކެވެ.
ނަމަވެސް، މިހާތަނަށް ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ނުކުރާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އެހެންކަމުން، މިއީ އަމަލީ ސިފައެއްގައި މި ފިޔަވަޅު އަޅާ ތަން ފެނުނު ފުރަތަމަ ފަހަރު ކަމަށްވާތީ، ގިނަ ފަރާތްތަކުން މިކަމަށް މަރުހަބާ ކިޔާފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް