ދުންފަތަށް ދެވިހިފާފައިވާ މީހުންގެ ނިސްބަތް މިހާރު ވަރަށް މަދު
މިއަދުން ފެށިގެން ސިނގިރޭޓާއި ބިޑިން ނަގާ ޓެކްސް އަދި އިމްޕޯޓު ޑިއުޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ތަސްދީގު ކުރައްވައިފިއެވެ.
މި އިސްލާހާ ގުޅިގެން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު 3 ރުފިޔާއިން 8 ރުފިޔާއަށް މަތިވެގެންދާނެއެވެ.
މީގެ އިތުރުން، ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އެޑްވަލޮރަމް ރޭޓު 50 އިންސައްތައިން 100 އިންސައްތައަށް މަތިވެގެންދާނެއެވެ. މި ބަދަލުތަކާ ގުޅިގެން މިހާރު ސިނގިރޭޓު ފޮއްޓެއް ގަންނަން ލިބޭ އަގަށް ވުރެ 100 ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ.
މި އިސްލާހުގައި ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުގެ އިތުރުން، އިލެކްޓްރޯނިކް ސިނގިރެޓު، ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް، އަދި ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްތަކުގެ ތަފްސީލު ބަޔާންކޮށްފައި ވެއެވެ.
މި އިސްލާހާ ގުޅޭ ގަވާއިދުތައް 30 ދުވަހުގެ ތެރޭގައި ހަދައި ގެޒެޓުކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް ލާޒިމްކޮށްފައިވެއެވެ. އަދި މި މަހުގެ 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރުކުރުން މަނާކުރުމަށް ވެސް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް