އަންނައަހަރުގެ ބަޖެޓުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން 500 މިލިއަން

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސަރުކާރުން 2025 ވަނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް 500 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ މި ފައިސާއިން މިހާތަނަށް ޕޭ ހާމަނައިޒް ނުކުރެވި ތިބި ސިވިލް ސަރވިސް މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރެވޭނެ ކަމަށެވެ. އަދި އެހެން މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ ބަޖެޓާ އަޅާބަލާއިރު އަންނަ އަހަރުގެ ބަޖެޓަކީ 6.8 ބިލިއަން ރުފިޔާ އިތުރު ބަޖެޓެކެވެ. އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޚަރަދުގެ ގޮތުގައި 49.2 ބިލިއަން ރުފިޔާ ލަފާކޮށްފައިވާއިރު، އޭގެ ތެރެއިން ރިކަރަންޓް ޚަރަދަށް 35.8 ބިލިއަން އަދި ކެޕިޓަލް ޚަރަދަށް 13.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.

މީގެ ކުރިން ސަރުކާރުން ވަނީ ޓީޗަރުންނާއި، ސިއްޙީ ދާއިރާގެ އިތުރުން ސަލާމަތީ ޚިދުމަތްދޭ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށްފައެވެ. މިފަހަރު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމުމާއެކު، ގިނަ ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެވިގެންދާނެއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކަށް އަންނަ އަހަރުގެ ބަޖެޓުގައި 12.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި ބަޖެޓަކީ ރާއްޖޭގެ އިޤްތިޞާދީ ދުވެލި އިތުރުކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ފުޅާކުރުމަށް އަމާޒު ހިފާފައިވާ ބަޖެޓެއް ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

39 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy