ގާނޫނުލް އުގޫބާތަށް ގެނެވޭ އިސްލާހާއެކު ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް ފަސޭހަވާނެ: އިހުސާނު

ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނު

ގާނޫނުލް އުގޫބާތަށް ގެންނަން ނިންމާފައިވާ އިސްލާހާ އެކު ދައުލަތުގެ ތެރޭގައި އޮތް ޒަމާންވީ ކޮރަޕްޝަނުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާނު މިހެން ވިދާޅުވެފައިވަނީ ރައީސް މުހައްމަދު މުއިއްޒު ރޭ ކުރެއްވި އިއުލާނަކާ ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ރައީސާއި ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލިސް މެންބަރުން ހިމެނޭހެން ދައުލަތުގެ މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވާނެ ގޮތަށް ގާނޫނުލް އުގޫބާތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ. މި އިސްލާހު ފެށޭ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިހުސާނު ވިދާޅުވެފައިވަނީ މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަމުގެ ވާހަކަ ދެއްކި ނަމަވެސް އެކަމުގެ ދައުވާ ނުކުރެވޭ ކަމަށެވެ. އަދި ރައީސް މުއިއްޒު ގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތުގެ ތެރޭގައި އޮތް ޒަމާންވީ ކޮރަޕްޝަނުގެ މައްސަލަ ހައްލުކުރެވޭނެ އަދި އެ ނިޔަތާއި އަޒުމް ފެންނަ އިސްލާހެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ގާނޫނުލް އުގޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ދައުލަތުގެ އިސް މަގާމުތަކުގައި ތިބި ފަރާތްތަކުން ހޯދާފައިވާ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. މި އިސްލާހު ގެނައުމުން ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގަނެފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަން ހޯދުމުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރަން ހުރި ގޮންޖެހުންތައް ނައްތާލެވޭނެ ކަމަށްވެސް ރައީސް އުންމީދު ފާޅުކުރައްވާފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy