މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ:ރައީސް އޮފީސް
އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެކަނި 2.5 ބިލިއަން ރުފިޔާ ހާއްސަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ޤައުމެއް ކުރިއަރާ ދާނީ ފިކުރީ ގޮތުންނާއި ފެންނަން ހުންނަ ކަންކަމުން ހޯދައިގަންނަ ކުރިއެރުމުގެ ތެރެއިން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިޤްތިޞާދު ފުޅާކޮށް، މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ތަނަވަސް ކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ޔުނިވަރސިޓީގެ ތަމްރީނު ރިޒޯޓް ތަރައްޤީ ކުރުމާއި، ފަންނުވެރި އިޤްތިޞާދެއް ފުޅާކުރުމާއި، އަދި ޒުވާނުންނަށް ކުރިއެރުން ކަށަވަރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތައް ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދުގައި ޑިޖިޓަލް އިކޮނޮމީގެ ހަރަކާތްތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ކްރިޕްޓޯ އަދި ޑިޖިޓަލް ކަރަންސީ ރާއްޖޭގައި ބޭނުންކުރެވޭނެ ގޮތް ހެދުމަށް ޤާނޫނީ މަސައްކަތްތައް މަރުކަޒީ ބޭންކުން ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޮކްޓަރީ ރޮނގުން ފުރަތަމަ ޑިގްރީ ފުރިހަމަކުރި 21 ދަރިވަރުންނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ. އަދި ޔުނިވަރސިޓީގެ އެހެނިހެން ކޯސްތަކުން ޝަރަފުގެ އެވޯޑް ހާސިލުކުރި ދަރިވަރުންނަށްވެސް ޚާއްޞަ އިނާމާއި ސެޓްފިކެޓް ޙަވާލުކޮށްދެއްވިއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް