ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅާފައި
ހަރަދު ކުޑަކުރަން އަންނަ އަހަރު އަޅާ ފިޔަވަޅުތަކުގެ ސަބަބުން 6.6 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ބުނެފި އެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ބަޖެޓް އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު މަޖިލީހަށް ހުށަހެޅުއްވިއިރު، ހަރަދު ކުޑަކުރުމުގެ ގޮތުން އަންނަ އަހަރު އަޅާނޭ ފަސް ފިޔަވަޅެއް ބަޖެޓުގައި ހިމަނުއްވާފައިވެ އެވެ.
ހަރަދު ކުޑަކުރަން އަޅާނެ ކަމަށް ބަޖެޓުގައި ބުނެފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސަބްސިޑީގެ އެހީ ބޭނުންވާ ފަރާތްތަކަށް ސީދާ ގޮތެއްގައި ސަބްސިޑީ ފޯރުކޮށްދޭ ނިޒާމަށް ބަދަލުކުރުމާއި، އާސަންދަ ނިޒާމް މުރާޖައާކޮށް މިހާރަށް ވުރެ ވަށާ ޖެހޭ ފުރިހަމަ އަދި ދެމެހެއްޓެނިވި ނިޒާމަކަށް ބަދަލުކުރުން ހިމެނެއެވެ. މީގެ އިތުރުން، ތެލުގެ އަގު ބޮޑުވުމުން މާލިއްޔަތަށް ކުރިމަތިވާ ގޮންޖެހުންތައް ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމާއި، ދައުލަތުން ފޯރުކޮށްދޭ ޕެންޝަންތައް ތަކުރާރު، އިސްރާފު ނުވާނެހެން މުރާޖައާކުރުމާއި، ސަރުކާރު ކުންފުނިތައް ނުވަތަ އެސްއޯއީތައް އިސްލާހުކުރުން ހިމެނެއެވެ.
އާމްދަނީ އިތުރުކުރުމަށް ވެސް އަންނަ އަހަރު ފިޔަވަޅުތަކެއް އަޅަން ބަޖެޓުގައި ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، އެއާޕޯޓް ޓެކުހާއި ފީތައް ދެގުނަ ބޮޑުކުރުން ހިމެނެއެވެ. އަދި ގްރީން ޓެކުހުގެ ރޭޓްތައް ބޮޑުކުރުމާއި، އަމިއްލަ ފަރާތްތަކުން ހިންގާ ބިން ހިއްކުމުގެ މަޝްރޫއުތަކަށް ކަށް ނަގާ ވެއްޔަށް ޑްރެޖިން ފީއެއް ނެގުމާއި، ޓީޖީއެސްޓީ ރޭޓް މަތިކުރުމާއި، ޓީޖީއެސްޓީ ޑެސްޓިނޭޝަން ބޭސްޓް ޓެކްސްއަކަށް ބަދަލުކުރުމާއި، ފްރީކުއަންސީ ސްޕެކްޓްރަމް ޗާޖެއް ނެގުން ހިމެނެއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން 4.9 ބިލިއަން ރުފިޔާ އަންނަ އަހަރު ދައުލަތަށް ލިބޭނޭ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މިއާއެކު، ހަރަދު ކުޑަކުރުމާއި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތަކުން ޖުމްލަ 11.5 ބިލިއަން ރުފިޔާ އަންނަ އަހަރު ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް