ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. މި ބަޖެޓު މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
އާމްދަނީ އާއި ހަރަދު
މިނިސްޓަރު ޒަމީރު ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވެ އެވެ. އަދި ހަރަދުތައް ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 51 ބިލިއަން ރުފިޔާގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ބަޖެޓު ޑެފިސިޓް އާއި އިގްތިސާދީ ކުރިއެރުން
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި މިއީ ފަހުގެ ތާރީހެއްގައި އެންމެ ކުޑަ ޑެފިސިޓު ބަޖެޓެވެ. އަދި އަންނަ އަހަރު އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާކުރަނީ 6.4 ޕަސެންޓުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކަށް އިސްކަން
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި އަންނަ އަހަރަކީ ޕީއެސްއައިޕީ މަޝްރޫއުތަކަށް އެންމެ ބޮޑު ހޭދައެއް ބަޖެޓުން ކުރާނެ އަހަރެވެ. އެގޮތުން، ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ވަނީ ބަޖެޓުގައި ކަނޑައަޅައިފަ އެވެ.
ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް
އަންނަ އަހަރުގެ ބަޖެޓުގައި ހަރަދު ކުޑަކުރުމަށް ބޮޑު އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ. މިގޮތުން ސަބްސިޑީ ނިޒާމު ބަދަލުކުރުމާއި، އާސަންދަ ނިޒާމު މުރާޖައާކުރުމާއި، ޕެންޝަން ނިޒާމު އިސްލާހުކުރުން ފަދަ ފިޔަވަޅުތަކެއް އަޅަން ވަނީ ރޭވިފަ އެވެ.
އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތައް
އާމްދަނީ އިތުރުކުރުމަށް ވެސް އެކި ފިޔަވަޅުތައް އަޅަން ބަޖެޓުގައި ހިމަނާފައިވެ އެވެ. މީގެ ތެރޭގައި ސިނގިރޭޓާއި ބިޑީގެ އިމްޕޯޓު ޑިއުޓީ މަތިކުރުމާއި، އެއަރޕޯޓު ޓެކްސް އާއި ފީ މަތިކުރުމާއި، ޓީޖީއެސްޓީ ރޭޓު މަތިކުރުން ހިމެނެ އެވެ. މި ފިޔަވަޅުތަކާ އެކު 4.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް