ފިލްމު ނާމް ގައި އަޖޭ ދޭވްގަން
މީގެ 10 އަހަރު ކުރިން މަސައްކަތް ނިމިފައި އޮތް ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ނާމް" އަންނަ މަހު 22 ގައި ޕްރިމިއާކުރަން ނިންމައިފި އެވެ.
"ނާމް" އަކީ "ބޫލް ބުލައްޔާ" ސީރީޒްގެ ޑައިރެކްޓަރު އަނީސް ބަޒްމީ ހަދާފައިވާ ފިލްމެކެވެ. މި ފިލްމުގައި އަޖޭއާއެކު ބޫމިކާ ޗަވްލާ އަދި ސަމީރާ ރެއްޑީ ވެސް ވަނީ މުހިންމު ރޯލުތަކެއް އަދާކޮށްފައެވެ. ފިލްމު ގެނެސްދެނީ ރޫންގުތާ އެންޓަޓެއިންމަންޓާއި ސްނިގުދާ މޫވީސް ޕްރައިވެޓް ލިމިޓެޑުންނެވެ.
އަޖޭ އާއި އަނީސް ގުޅިގެން މަސައްކަތްކުރި ހަތަރުވަނަ ފިލްމަކީ "ނާމް" އެވެ. މީގެ ކުރިން މި ދެ ފަންނާނު އެއްބައިވެގެން ގެނެސްދީފައިވަނީ "ހަލްޗަލް" (1995)، "ޕިޔާރް ތޯ ހޯނާ ހީ ތާ" (1998) އަދި "ދީވާންގީ" (2002) ފަދަ ކާމިޔާބު ފިލްމުތަކެވެ.
"ނާމް" ގެ މަސައްކަތް ނިމުނުތާ 10 އަހަރު ވީއިރުވެސް ފިލްމު ރިލީޒްނުކުރެވި ލަސްވެފައިވަނީ ފިލުމުގެ ޕްރޮޑިއުސަރެއްގެ މަރުވުމާއި، ޑިސްޓްރިބިއުޓަރުން ނުލިބުމުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެ ހުރަސްތައް ނަައްތާލެވި މިވަނީ ފިލްމު ބޮޑު ސްކްރީނަށް ގެނައުމަށް މަގުފަހިވެފައެވެ.
"ނާމް" ގެ ކުރިން އަޖޭގެ އެހެން ފިލްމެއް ވެސް ސިނަމާތަކަށް އަންނާނެއެވެ. އެއީ "ސިންގަމް" ފްރެންޗައިޒްގެ ތިންވަނަ ބައި "ސިންގަމް އެގެއިން" އެވެ.
މި ފިލްމުގައި އަޖޭ ފުލުހެއްގެ ދައުރު އަދާކުރާއިރު، ފިލްމު ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް