މިސް ޔުނިވާސްގައި އެވޯޑުގައި ބައިވެރިވާ މަރިޔަމް ސައިނާ ނަސީމް
ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ލިބޭ ހަޤީޤީ ރީތި ނަމެއް ނެތް ކަމަށް ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި މިވަނީ މެކްސިކޯގައި ބޭއްވޭ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމާ މެދު ސަރުކާރުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން އާންމުންގެ ފަރާތުން އައި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފިރިހެނަކު ވިޔަސް އަދި އަންހެނަކު ވިޔަސް، މާތްﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން އެ މީހަކަށް ނުވަތަ ދީނާއި ޤައުމަށް ލިބޭނެ ހަޤީޤީ ރީތި ނަމެއް، އުފަލެއް އަދި ކާމިޔާބީއެއް ނެތް ކަމަށެވެ.
ކުރިން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިފަދަ މުބާރާތްތަކާއި ހަރަކާތްތަކުގައި ދިވެހިން ބައިވެރިވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. މިނިސްޓްރީން ފާހަގަކޮށްފައިވަނީ މިއީ ދިވެހިންގެ ދީނާއި އަޤީދާ އަދި ސަގާފަތާ ނުގުޅޭ ކަމެއް ކަމަށާއި، ދިވެހިން ޤަބޫލުކުރާ އާންމު އަޚްލާޤީ މިންގަނޑުތަކާއި އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.
މި ބަޔާނާ ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔާފައެވެ. ޚާއްޞަކޮށް 'މިސްޓަރ މޯލްޑިވްސް' މުބާރާތުގައި ފިރިހެނުން ލައިގެން ތިބޭ އަންނައުނާ ގުޅޭގޮތުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވާން މަސައްކަތްކުރި ފަހަރެވެ. ނަމަވެސް ސަރުކާރުން ވަނީ މިސް ޔުނިވާސްއަށް ދިވެއްސަކު ފޮނުވި ފަރާތުން އެ އިންތިޒާމު ހުއްޓާލުމަށް ގޮވާލާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް