ބީއެމްއެލްގެ އެމްޑީގެ މަޤާމަށް މުޙައްމަދު ޝަރީފް އައްޔަންކޮށްފި

މުޙައްމަދު ޝަރީފް

ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ހުސްވެފައިވާ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް އެކުންފުނީގެ ސީއީއޯ މުޙައްމަދު ޝަރީފް އައްޔަން ކުރަން އެ ބޭންކުގެ ހިއްސާދާރުން މިއަދު ރުހުން ދީފިއެވެ.

މި މަޤާމު ހުސްވެފައިވަނީ ކުރިން ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީކަން ކުރެއްވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ވަނަ ދުވަހު މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބީއެމްއެލް އިން މިއަދު ބުނީ އެމްޑީގެ މަޤާމަށް މުޙައްމަދު ޝަރީފް އައްޔަނުކުރީ މިއަދު ބޭއްވި ޚާއްޞަ އާންމު ޖަލްސާއަށް ފަހު އޮތް ޑިރެކްޓަރުންގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ. ޚާއްޞަގޮތަކުން ބޭއްވި ހިއްސާދާރުންގެ އާންމު ޖަލްސާގައި ޝަރީފް ވަނީ ބޭންކުގެ ބޯޑަށް އައްޔަންކޮށްފައެވެ.

ބޭންކުގެ ސީއީއޯގެ މަޤާމާ ޝަރީފް ހަވާލުވެވަޑައިގެންފައި ވަނީ މިމަހުގެ 17 ގައެވެ. އޭނާ އަކީ ބީއެމްއެލްގެ ފުރަތަމަ ދިވެހި ސީއީއޯ އެވެ. ޝަރީފަކީ ބީއެމްއެލްގައި 25 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށް ފަހު ޑެޕިއުޓީ ސީއީއޯގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ބޭންކާ ގުޅިވަޑައިގެންނެވީ 1995 ގައެވެ.

ޝަރީފް ވަނީ ޔުނިވަސިޓީ އޮފް މެންޗެސްޓާއިން މާލީ ދާއިރާއިން މާސްޓާޒް ޑިގްރީއެއް ހާސިލްކުރައްވައިފައެވެ. އޭގެ އިތުރުން ލަންޑަން ބިޒްނަސް ސްކޫލް އިން ސީއީއޯ އިންނާއި ސީނިއަރ އެގްޒެކެޓިވުންނަށް ފަރުމާކޮށްފައިވާ 'ސީނިއަރ އެގްޒެކެޓިވް ޕްރޮގްރާމް' ފޮގްރާމް' ފުރިހަމަ ކުރައްވާފައިވެއެވެ. އަދި އޭނާ ވަނީ 2018 އިން 2020 އަށް އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަޤާމު ވެސް އަދާކުރައްވާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

46 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy