ކެނަޑާގައި ސިކުންގެ އެކްޓިވިސްޓަކު މަރާލި ކަމުގެ ތުހުމަތު އިންޑިއާގެ ވަޒީރަކަށް

ކެނަޑާއިން ތުހުމަތުކުރާ މޯދީގެ އިސްވަޒީރު

ކެނެޑާގައި ސިކު އެކްޓިވިސްޓް ހަރުދީޕް ސިންގް ނިޖާރް މަރާލި މައްސަލައިގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ އަރިސް ވަޒީރަކަށް ކެނެޑާއިން ތުހުމަތުކޮށްފިއެވެ.

ކެނެޑާގެ ޚާރިޖީ ވަޒީރު ޑޭވިޑް މޮރިސަން ވިދާޅުވެފައިވަނީ އިންޑިއާގެ ކެބިނެޓް ވަޒީރަކު ކެނެޑާގެ ރައްޔިތުންގެ ޖާސޫސީ މައުލޫމާތު އެއްކުރުމުގެ އޮޕަރޭޝަންތައް ހިންގުމަށް އަމުރުކުރި ކަމަށެވެ.

ކެނެޑާގެ ބޮޑު ވަޒީރުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ނަތަލީ ޑްރޮއިން ވިދާޅުވެފައިވަނީ އިންޑިއާ ސަރުކާރުން ކެނެޑާގައި ތިބި އިންޑިއާގެ ރައްޔިތުންނާއި ކެނެޑާގެ ރައްޔިތުންނާ ބެހޭ މައުލޫމާތު އެއްކުރި ހެކިތައް ކެނެޑާއަށް ލިބިފައިވާ ކަމަށެވެ. އަދި މި މައުލޫމާތު އިންޑިއާ ސަރުކާރަށް ފޯރުކޮށްދިނީ ލޯރެންސް ބިޝްނޯއީއާ ގުޅުން ހުރި ޖިނާއީ ނެޓްވޯކަކާ ގުޅިގެން ކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ކެނެޑާއިން ވަނީ އިންޑިއާގެ ހައިކޮމިޝަނަރާއި އިތުރު ފަސް ޑިޕްލޮމެޓުން ވަކިކޮށްފައެވެ. އިންޑިއާ ސަރުކާރުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، ކެނެޑާގައި ތިބި އެ ގައުމުގެ ހަ ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެނެސްފައެވެ.

ނިޖާރަކީ ސިކުންނަށް ވަކި ދައުލަތެއް އުފައްދަން ހިންގާ "ޚާލިސްތާން" ކެމްޕެއިނަށް ތާއީދުކުރާ ސިކުންގެ މީހެކެވެ. އޭނާ މަރާލާފައިވަނީ މިދިޔަ އަހަރު ޖޫން މަހު ސިކުންގެ ފައްޅިއެއްގެ ބޭރުގައެވެ. އެކަމުގެ އަޑީގައި ތިބީ އިންޑިއާގެ ޖާސޫސުން ކަމަށް ކެނެޑާއިން ތުހުމަތުކުރެއެވެ.

މި މައްސަލައިގެ ތަހުގީގަށްފަހު ހާމަކުރި ކަންކަމާ ގުޅިގެން އިންޑިއާއާއި ކެނެޑާގެ ގުޅުން ވަނީ ގޯސްވެފައެވެ. މި މައްސަލައާ ގުޅިގެން ދެ ގައުމުގެ މެދުގައި ޑިޕްލޮމެޓިކް ހަރުކަށިކަން އިތުރުވެ، ސިޔާސީ ގުޅުންތަކަށް އަސަރުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy