ނަޕޯލީން މިލާން ބަލިކޮށް ލީގުގެ ލީޑު ފުޅާކޮށްފި

ނަޕޯލީއަށް ރޭ ވަނީ މުހިއްމު މޮޅެއް ލިބިފައި

އިޓާލިއަން ސީރީ އޭ ލީގުގައި ނަޕޯލީން އޭސީ މިލާން 2-0 އިން ބަލިކޮށް، ލީގުގެ އެއްވަނައިގައި އޮތް ލީޑު ހަތް ޕޮއިންޓަށް ފުޅާކޮށްފިއެވެ.

މި މޮޅާއެކު ނަޕޯލީއަށް ވަނީ 10 މެޗުން 25 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް ނުވަ މެޗުން 18 ޕޮއިންޓް ލިބިފައިވާއިރު، އިންޓަ މިރޭ އެމްޕޮލީއާ ކުޅޭނެއެވެ.

ރަށުން ބޭރުގައި ކުޅުނު ނަމަވެސް ނަޕޯލީން މެޗު ފެށީ ވަރަށް ރަނގަޅަށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ޒަމްބޯ އަންގީސާ ދިން ބޯޅައަކުން ރޮމެލޫ ލުކާކޫ ވަނީ ނަޕޯލީއަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީއަށް ދެވަނަ ލަނޑު ޖަހައިދިނީ އާރްމީނިއާގެ މިޑްފީލްޑަރު ކްވިޗާ ކްރަވަޝްކޭލިއާއެވެ.

މިލާނުން ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލެއް ޖަހައި އެއްވަރުކުރެވޭތޯ ބެލި ނަމަވެސް ކާމިޔާބެއް ނުވިއެވެ. ދެވަނަ ހާފު ފެށުނުތަނާ މިލާންގެ އަލްވާރޯ މޮރާޓާ ވަނީ ބޮލުން ގޯލެއް ޖަހާފައެވެ. ނަމަވެސް، ވީޑިއޯ އެސިސްޓަންޓް ރެފްރީެފްރީ (ވީއޭއާރު) އިން ބެލުމަށްފަހު މި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

ނުވަ މެޗުން 14 ޕޮއިންޓާއެކު، މިލާން މިހާރު އޮތީ ލީގުގެ އަށްވަނައިގައެވެ. މިލާންގެ މި ހަފުތާގެ ފުރަތަމަ މެޗު ވިއްސާރައިގެ ސަބަބުން ނުކުޅެވުނެވެ.

ރޭގެ މި މޮޅާއެކު ނަޕޯލީ ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އިތުރަށް ފުޅާކޮށްފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

23 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy