ކޮރަޕްޝަން މައްސަލައަކާ ގުޅިގެން ފެނަކައިގެ ކުރީގެ އެމްޑީގެ ޕާސްޕޯޓު ހިފަހައްޓައިފި

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދުގެ ޕާސްޕޯޓު މި މަހުގެ 9 ވަނަ ދުވަހު ހިފަހައްޓައިފިއެވެ.

މިކަން އޭސީސީގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ފެނަކައިގައި ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް މި ސަރުކާރުން ވަނީ އޭސީސީއަށް ހުށަހަޅައިފައެވެ. ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަނުގެ 25 މައްސަލައެއް އޭސީސީއަށް ހުށަހަޅާފައިވާ ކަމަށް، އެ ކުންފުނީގެ މިހާރުގެ އެމްޑީ، މުއާޒް މުހައްމަދު ރަޝީދު ވަނީ މިދިޔަ އޮގަސްޓުމަހު ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވީ ފެނަކައަކީ "ކޮރަޕްޝަންގެ ހާއްޔެއް"ގެ ގޮތުގައި ސިފަކުރަމުންނެވެ. އަދި އެ ކުންފުނި އޮތީ 1.7 ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް ފެނަކައިން ވަނީ މީގެ ކުރިން ބުނެފައެވެ.

ނަމަވެސް މި ވެރިކަމަށް ހަތް މަސް ދުވަސްތެރޭ ފެނަކައިގެ ދަރަނީގެ ގޮތުގައި ހުރި ފައިސާގެ ތެރެއިން 300 މިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށާއި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހަތް މިލިއަން ރުފިޔާގެ ފައިދާއެއް ވެފައިވާ ކަމަށް ވެސް ފެނަކައިން ބުނެފައިވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

30 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy