މާލެ ސަރަހައްދުގެ ޓެކްސީ ޚިދުމަތް ދެ ހަފުތާތެރޭ ސަރުކާރު ކުންފުންޏަކާ ހަވާލުކުރަނީ

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މާލެ ސަރަހައްދުގައި ޓެކްސީ ޚިދުމަތް ދިނުމަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށް އެކަން އިއުލާނު ކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މާލެ ފެހި ޕްރޮގްރާމްގެ ދަށުން ތައާރަފްކުރާ މި އައު ޓެކްސީ ލައިން ހިންގާނީ އެމްޓީސީސީން ހިންގާ އާރްޓީއެލް ބަހުގެ ޚިދުމަތާ އެއްގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޚިދުމަތުގައި މުވައްޒަފުންގެ 50 ޕަސަންޓަކީ ދާއިމީ މުވައްޒަފުން ކަމަށާއި، ބާކީ 50 ޕަސަންޓަކީ އެކި ގަޑިތަކުގައި ޓެކްސީ ދުއްވަން ބޭނުންވާ ފަރާތްތަކަށް ދޫކުރާނެ ސްލޮޓްތަކެއް ކަމަށް އަމީން ވިދާޅުވިއެވެ.

ޑްރައިވަރުންނަށް ގަޑިއިރަކަށް ދޭ އަގު 100 ރުފިޔާއަށްވުރެ ދަށްނުވާނެ ކަމަށާއި، ކޮންމެ ހަފުތާއަކު މުސާރަ ދޭގޮތަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ޑްރައިވަރުންގެ ޑްރެސްކޯޑެއް އޮންނާނެ ކަމަށާއި، ބިދޭސީންނަކަށް މި ޚިދުމަތުގައި މަސައްކަތެއް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި ޓެކްސީ ލައިންގައި މަސައްކަތްކުރާ ޑްރައިވަރުންނާއި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމަށާއި، ކޮމްޕިއުޓަރައިޒްޑް ސިސްޓަމަކުން މޮނިޓަރކުރެވޭނެ ކަމަށެވެ. މި ޚިދުމަތް 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށާއި، ޓެކްސީތަކުގެ މަދުވެގެން 25 ޕަސަންޓަކީ އިލެކްޓްރިކް އުޅަނދުތަކަށް ހެދުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

44 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy