ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން

ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓުކުރެވޭގޮތް ހެދުމަށް ޚާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖެނެރަލް އެޑްމިނިސްޓްރޭޝަން އޮފް ކަސްޓަމްސް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ، ޖީއޭސީސީ އާއި ސިއްޙަތާ ބެހޭ ވުޒާރާއާ ދެމެދުއެވެ.

ސިއްޙަތާ ބެހޭ ވުޒާރާގެ ނައިބު އިސްމާއިލް ޒާހިރު ވިދާޅުވީ މި އެއްބަސްވުމާއެކު ދިވެހި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. 2015 ވަނަ އަހަރުން ފެށިގެން ޗައިނާ މާކެޓަށް ރާއްޖޭން މަހުގެ ބާވަތްތައް އެކްސްޕޯޓު ނުކުރެވުނު ނަމަވެސް، މި ޕްރޮޓޮކޯލްގެ ދަށުން ހުއިފިލަނޑާގެ ބާވަތްތަކާއި، ފަރުމަހުގެ ބާވަތްތައް އަދި ކަނޑުމަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލީޝިން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމަށްވެސް އޭގެ ފައިދާވާނެ ކަމަށެވެ. އަދި ޗައިނާގެ ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ރާއްޖޭން ސީފުޑު ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ކަނޑުފަޅުން ލިބޭ ނަފާ އިތުރުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ޗައިނާއާއެކު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ޖެނުއަރީމަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށުމަށް ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. މިހާރުވެސް ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު 700 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެމުންދާ ކަމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު މި އަދަދު 1 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

51 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy