ރައްޔިތުންގެ މަޖިލިހުން ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރުން
ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބަޖެޓު ދިރާސާ ކުރި ކޮމިޓީގެ މުގައްރިރު އަލީ ފަޒާދު ވިދާޅުވީ ކޮމިޓީގައި ބަޖެޓު ދިރާސާކުރިއިރު ދައުލަތުގެ ޚަރަދާއި، ޑެފިސިޓާއި، ދަރަނީގެ މައްޗަށް ބަލާފައިވާނެ ކަމަށާއި މަރުކަޒީ ބޭންކާއި އޮޑިޓް އޮފީހުގެ އިތުރުން ފިނޭންސް މިނިސްޓަރުގެ ލަފާ ހޯދައި، ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާނެ ކަމަށެވެ.
ސަޕްލިމެންޓަރީ ބަޖެޓެއް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ނިންމީ މި އަހަރަށް ކަނޑައެޅި ބަޖެޓު ހުސްވެގެން ނޫން ކަމަށް ފިނޭންސުން ވަނީ ބުނެފައެވެ. މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ޖުމުލަ ޚަރަދުވެފައިވަނީ 37.4 ބިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުގެ 76 ޕަސަންޓެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ އަހަރުގެ މިހާ ހިސާބުގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ، މި އަހަރަށް ފާސްކޮށްފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓު ޚަރަދުކޮށް ނިމުމުގެ ކުރިން، މާލިއްޔަތުގެ ގާނޫނުގައި ވާގޮތަށް ކުރިއަށް އޮތް މަސްތަކުގައި ހިނގާނެކަމަށް ލަފާކުރާ ޚަރަދުތައް ކުރިއާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކަމަށެވެ.
މަޖިލީހުގެ ވޯޓުގައި ބައިވެރިވި 86 މެންބަރުންގެ ތެރެއިން ބަޖެޓު ފާސްކުރުމަށް ވޯޓު ދެއްވީ 75 މެންބަރުންނެވެ. ބަޖެޓު ފާސްކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.
ސަޕްލިމެންޓަރީ ބަޖެޓުގެ މައިގަނޑު ބައިތަކުގެ ތެރޭގައި ޕީއެސްއައިޕީއަށް ދެ ބިލިއަން ރުފިޔާ، ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ، ސަރުކާރު ކުންފުނިތަކަށް 441.4 މިލިއަން ރުފިޔާ، އަދި ކޮންޓިންޖެންސީ ބަޖެޓަށް 650 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ސްޓޫޑެންޓު ލޯނު، މެޑިކަލް ކޮންސިއުމަބަލްސް، ބޭސްފަރުވާގެ އެހީ އަދި މުސާރައަށްވެސް ފައިސާ ކަނޑައަޅާފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް