އެމްއޭސީއެލްގެ އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރަމުންދާ މުހިންމު މަސައްކަތްތައް އަވަސްކުރުމަށް އެ އިދާރާއިން މިހާރު ފަށާފައިވާ ސިމްޕޯޒިއަމް މުހިންމު ދައުރެއް އަދާކުރާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ، މުދާ ކްލިއަރ ކުރުމާއި ރާއްޖޭގެ ބޯޑަރުގެ ސަލާމަތް ކަސްޓަމްސްއިން ބަލަހައްޓަމުންދާއިރު އެ އިދާރާއިން އެކަންކުރަނީ ގިނަ މުއައްސައައްސަސާތަކެއްގެ އެހީތެރިކަމާއެކު ގުޅިގެން ކަމަށެވެ. އެހެންކަމުން މަސައްކަތްތައް އަވަސްކުރަން ގުޅިގެން މަޝްވަރާކޮށް ޕްލޭންތައް އެކުލަވާލުން މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.
ސިމްޕޯޒިއަމް އޮން ސްޓްރެޓީޖިކް ޕްލޭން ފޯމިޔުލޭޝަންގެ ނަމުގައި ކުރިއަށްދާ މި ސިމްޕޯޒިއަމްގައި ކަސްޓަމްސްއިންކުރާ މަސައްކަތްތަކުގައި އެއްބާރުލުން ފޯރުކޮށްދޭ ގިނަ މުއައްސަސާއާއެކު މަޝްވަރާކުރާނެއެވެ. ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް ސަރވިސް މިންނާ ރަޝީދު ވިދާޅުވީ މި ސިމްޕޯޒިއަމްގައި ކުރެވޭ މަޝްވަރާތައް ކަސްޓަމްސްގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭނެ ކަމަށެވެ.
މިންނާ ރަޝީދު ވިދާޅުވީ މި ސިމްޕޯޒިއަމްގައި ވިޔަފާރިވެރިންނާއި ކަސްޓަސްޓަމްސްއާ ގުޅިގެން މަސައްކަތްކުރާ ހުރިހާ މުއައްސަސާތަކެއް ބައިވެރިވާ ކަމަށާއި، 2025 އިން 2029 އަށް ހަދާ ސްޓްރެޓީޖިކް ޕްލޭނަށް ރަނގަޅު ޚިޔާލުތަކެއް އެ ފަރާތްތަކުން ލިބޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ކަސްޓަމްސްގެ ސިމްޕޯޒިއަމްގައި އެމްއެންޑީއެފާއި ދިވެހި ފުލުހުންގެ ޚިދުމަތްފަދަ މުއައްސަސާތައް ބައިވެރިވެއެވެ. މި ސިމްޕޯޒިއަމް ކުރިއަށްދާނީ 3 ދުވަހުގެ މުއްދަތަކަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް