މުއައްސަސާތަކުގެ ބާރު ރައީސަށް ލިބިގެން ނޫނީ ޤައުމު އިޞްލާޙެއް ނުކުރެވޭނެ: މެމްބަރ ސަލީމް

އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް

ޤައުމުގައި ހިނގާ ޚިޔާނާތާއި ފަސާދަ ހުއްޓުވައި ޤައުމު އިޞްލާޙު ކުރެވޭނީ މިނިވަން މުއައްސަސާތަކުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެން ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ..

ސަލީމް މިފަދައިން ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސާއި ނައިބު ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ގޮތަށް ސަރުކާރުން ހުށަހެޅި އިޞްލާޙަށް ބަހުސްކުރައްވަމުންނެވެ.

ސަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދީގެން ނޫނީ ޤައުމުގެ އެއްވެސް ކަމެއް އިޞްލާޙު ނުވާކަން ސާފުކޮށް ފެންނަން އެބަ އޮތް ކަމަށެވެ. އެހެންކަމުން ރައީސަށް އިތުރު ބާރުތަކެއް ދީގެންވެސް ޤައުމުގައި ހިނގާ ކޮރަޕްޝަނާއި ފަސާދަ ހުއްޓުވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އައިސްގެން ނޫނިއްޔާ ޤައުމު އިޞްލާޙެއް ނުކުރެވޭނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފްވީ ފަހުން ހޭދަވި އަހަރުތަކުގައި ދިވެހި ދައުލަތުން ގާތްގަނޑަކަށް 15 ބިލިއަނެއްހާ ރުފިޔާގެ ޚިޔާނާތްވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށާއި، ނަމަވެސް އެއިން އެއްވެސް ޚިޔާނާތެއްގެ ފައިސާ މިހާތަނަށް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ޤާނޫނަށް އިޞްލާޙު ގެނެސްގެން ކަންކަން ރަނގަޅުކުރަން ޖެހިފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ މަޖިލީހުން ގޯސްކޮށް ކަމެއް ހިނގައި ދިޔަޔަސް، އަދި ޖުޑީޝަރީން ގޯސްކޮށް ކަމެއް ހިނގާ ދިޔަޔަސް އެ ކަމެއް އިޞްލާޙު ކުރުމުގެ ބާރު އޮންނަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަމަށެވެ.

މިހާރު ސަރުކާރުން ހުށަހަޅާފައިވާ އިޞްލާޙުގައި ވާގޮތުން އޭސީސީ އަދި އިލެކްޝަންސް ކޮމިޝަނަށް ރައީސަކާއި ނައިބު ރައީސެއް އައްޔަންކުރަން ކޮމިޝަންގެ މެންބަރުންގެ ތެރެއިން މެންބަރެއްގެ ނަން މަޖިލީހަށް ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

40 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy