ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަރާމާތުކޮށް އަލުން ހުޅުވައިފި

ރާއްޖޭގެ ގިނަ އެއާޕޯޓްތަކަކީ ބާރު ބޮޑު އެއާޕޯޓްތަކެއް

ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަރާމާތުކުރުމުގެ މަސައްކަތް ނިމި، އެއާޕޯޓަށް ފްލައިޓް ޖައްސަން ފަށައިފިއެވެ.

ރަންވޭ މަރާމާތަށްފަހު ފުރަތަމަ ފްލައިޓް ކޫއްޑޫއަށް ޖައްސާފައިވަނީ މިއަދު ހެނދުނު ކާޑެއްދޫއިން އައި މޯލްޑިވިއަންގެ ފްލައިޓެކެވެ.

ކޫއްޑޫ އެއާޕޯޓް ހިންގާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ރަންވޭގައި ކުރަންޖެހުނު މަރާމާތުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، މިއަދުން ފެށިގެން ކޫއްޑޫއަށް ކުރިއެކޭ އެއްގޮތަށް އޮޕަރޭޝަން ކުރިއަށްދާނެ ކަމަށެވެ. މޯލްޑިވިއަނުންވެސް ވަނީ ކޫއްޑޫއަށް ދަތުރުތައް ފެށިކަން ޔަގީންކޮށްދީފައެވެ.

ކޫއްޑޫ އެއާޕޯޓަށް ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުއެވެ. މޯލްޑިވިއަނުނުން ބުނެފައިވަނީ ކޫއްޑޫ އެއާޕޯޓަށް ދަތުރުތައް ކުރުން ހުއްޓާލަންޖެހުނީ، އެއާޕޯޓްގެ ރަންވޭ ބޭނުންކުރަން އެކަށީގެން ނުވާތީއެވެ.

ކޫއްޑޫ އެއާޕޯޓް ހުޅުވާފައިވަނީ 2012 ވަނަ އަނަ އަހަރެވެ. އެ އެއާޕޯޓަކީ އެ ސަރަހައްދުގައި އޮތް އެންމެ ބިޒީ އެއާޕޯޓެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޫއްޑޫ އެއާޕޯޓް ރަންވޭ ރަނގަޅަށް މަރާމާތުނުކުރާތާ ވަނީ ގިނަ އަހަރުތަކެއް ވެފައެވެ. ރަންވޭ މަރާމާތަށް ފަރުވާކުޑަވެގެން މޯލްޑިވިއަންގެ ބައެއް ފްލައިޓްތަކަށް ގެއްލުންވެސް ލިބިފައި އެބަހުއްޓެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

4 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

59 މިނިޓު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy