ބިންވެރިޔާގެ ގޯތިތައް ދޫކުރުމުގެ ތެރެއިން
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ފޭސް 2 އިން ދޭން ކަނޑައަޅާފައިވާ ގޯތިތައް ދޫކޮށް އިއްޔެ ނިންމާލައިފިއެވެ.
ހައުސިން މިނިސްޓްރީން ރޭ 'އެކްސް'ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރައީސްގެ ވައުދާ އެއްގޮތަށް ފޭސް 2 އިން ގޯތި ދޫކޮށް އިއްޔެ ނިމިފައިވާ ކަމަށެވެ. މި އޮކްޓޯބަރު ނިމުމުގެ ކުރިން ހުޅުމާލެ ފޭސް 2 އިން ގޯތި ދޫކުރަން ޖެހޭ އެންމެންނަށް ގޯތި ދޫކޮށް ނިންމާނެ ކަމަށް މީގެ ކުރިން ހައުސިން މިނިސްޓަރު އަލީ ހައިދަރާއި ރައީސް މުހައްމަދު މުއިއްޒު ވެސް ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އެންމެ އަގުބޮޑު ބިން ހިމެނޭ ހުޅުމާލެ ފޭސް 2 އިން މާލޭ މީހުންނަށް ޖުމްލަ 1،407 ގޯތި ހިލޭ ދޫކޮށްފައިވާ ކަމަށް ވެއެވެ.
ހައުސިން މިނިސްޓަރު އަލީ ހައިދަރު ކުރިން ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުން ފޭސް 2 އިން ގޯތި ދީފައި ހުރީ މަސައްކަތްކުރާ ތަންތަނުންނާއި ބައެއް މަގުތަކުންނާއި ގޯޅިތަކުން ކަމަށެވެ. އަދި ބައެއް ގޯތިތައް ހުރީ ކަރަންޓު ފޮށިތައް ވެސް ގޯތިތެރެއަށްވާ ގޮތަށް ކަމަށާއި، ގޯތިތައް ދޫކުރަމުން ދިޔައީ އެ މައްސަލަ ހައްލުކުރަމުން ކަމަށް ވެސް ހައިދަރު ވިދާޅުވެފައިވެއެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް