ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ ޓެންޒޭނިޔާއަށް ވަޑައިގެންފި

މެޑަމް ސާޖިދާ ޓެންޒޭނިޔާއަށް ވަޑައިގަތުން / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން، ޓެންޒެނިޔާގެ ދާރުއްސަލާމަށް ވަޑައިގެންފިއެވެ.

އެކަމަނާއަށް ޓެންޒެނިޔާގެ ދާރުއްސަލާމްގެ ޖޫލިޔަސް ނިޔެރޭރޭ ބައިނަލްއަޤުވާމީ ވައިގެބަނދަރުން މަރުޙަބާ ދެންނެވީ، ޓެންޒޭނިޔާގެ މިނިސްޓަރ އޮފް ކޮމިއުނިޓީ ޑިވެލޮޕްމަންޓް، ޖެންޑަރ، ވިމެން އެންޑް ސްޕެޝަލް ގްރޫޕްސް، އޮނަރަބަލް ރިޒީކީ ޖޫމާއެވެ.

މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަންނަވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި، ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަޤުރީރެއް ދެއްވުމާއި، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވާހަކުފުޅުދެއްކެވުން ހިމެނެއެވެ.

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީއަކީ އަހަރަކު އެއްފަހަރު ބާއްވާ މުހިންމު ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ސިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާރިސުން އެއްތަނަކަށް އެއްވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުން ފަދަ މުހިންމު މައުޟޫޢުތަކަށް މަޝްވަރާކުރެއެވެ.

މި ދަތުރުފުޅުގައި މެޑަމް ސާޖިދާ ބައިވެރިވެވަޑައިގަތުމަކީ، ދިވެހިރާއްޖެއިން އަންހެނުންގެ ޙައްޤުތަކަށާއި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދެއްވާ އަހައްމިއްޔަތުކަމުގެ ހެއްކެކެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

23 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy