ތިލަމާލެ ބްރިޖުގެ މަސައްކަތް 45 އިންސައްތަ ނިމިއްޖެ: މުއްޠަލިބު

ތިލަމާލެ ބުރިޖު

ތިލަމާލެ ބްރިޖު މަޝްރޫޢުގެ 45.82 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި ތަނބުތަކުގެ ޕައިލިން މަސައްކަތުގެ 79.5 އިންސައްތަ، ޕްރީކާސްޓު ސެގްމަންޓުގެ 43.5 އިންސައްތަ، އަދި ޕައިލް ކެޕްގެ މަސައްކަތުގެ 67.8 އިންސައްތަ ނިމިފައިވެއެވެ.

އެހެންނަމަވެސް، މަސައްކަތް ނިންމުމުގައި ތާވަލުގައި އޮތް މިންވަރަށްވުރެ ބޮޑުތަނުން ލަސްވެފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މީގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ، ފުން ކަނޑުގައި ބްރިޖު އެޅުމުގެ ތަޖުރިބާ އެފްކޮންސްގައި ނެތުމާއި، މަސައްކަތުގެ ބުރަކަން އަންޑާ އެސްޓިމޭޓްކުރުމެވެ. މި ސަބަބުތަކާ ގުޅިގެން، ސަޕްލިމަންޓަރީ އެގްރިމަންޓެއްގައި ސޮއިކޮށް މަޝްރޫއު ނިންމަން އިތުރު 30 މަސްދުވަސް ދީފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، އެފްކޮންސްއިން މިހާރުވެސް މަސައްކަތް ލަސްކުރުމަށް އެކި ބަހަނާތައް ދައްކަމުން އަންނަ ކަމަށާއި، މޫސުމީ އެކި ކަންކަމާއި ކަނޑު ގަދަވުން ފަދަ ކަންކަމާ ގުޅުވައި ބައެއް މުހިންމު މަސައްކަތްތައް ލަސްކުރާކަމަށެވެ. ޚާއްޞަކޮށް ޑީޕް ސީ ޕައިލިންގެ މަސައްކަތް ސަރުކާރުން އެދޭ ސްޕީޑުގައި ކުރިއަށް ނުދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް، މި ބަހަނާތަކަކީ ސަރުކާރުން ގަބޫލުކުރާ ކަންތައްތަކެއް ނޫންކަމަށާއި، މަސައްކަތް ލަސްކުރުމަށް އިތުރު މުއްދަތު ނުދެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ކަންބޮޑުވުންތައް ކޮންޓްރެކްޓަރުންނާ ހިއްސާކޮށް، ގަވާއިދުން ބައްދަލުވުންތައް ބާއްވަމުން އަންނަކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މި ހުރިހާ ގޮންޖެހުންތަކާއެކުވެސް، މަޝްރޫޢު ތާވަލާ އެއްގޮތަށް ނިންމޭނެކަމުގެ އުންމީދު އަދިވެސް އޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މަޝްރޫޢުގެ ކުރިއެރުން ގާތުން ބަލަހައްޓަމުންދާނެކަމަށާއި، ދިމާވާ ދަތިތައް ޙައްލުކުރުމަށް ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

58 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy