އެމެރިކާގެ ރިޔާސީ އިންތިޚާބަށް ދެ ހަފްތާ، ޕޯލްތަކުން ކުރީގައި އުޅުންވަނީ ހެރިސް

އެމެރިކާގެ އިންތިހާބުގެ ފޯރިވަނީ ގަދަވެފައި

އެމެރިކާގެ ރިޔާސީ އިންތިޚާބަށް ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފައިވާއިރު، ފޯބްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ފަހުން ނެގި ދެ ޕޯލްގައި ކުރީގައި އުޅުއްވަނީ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، ނައިބު ރައީސް ކަމަލާ ހެރިސްއެވެ.

އިންތިޚާބު ކާމިޔާބު ކުރައްވާނެ ކެންޑިޑޭޓަކު ބެލުމަށް ގިނަ ޕޯލްތަކެއް ނަގާފައިވެއެވެ.

އޭބީސީ/އިޕްސޯސްއިން ނަގާފައިވާ ޕޯލްގައި ހެރިސް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް 51 އިންސައްތަ މީހުން ބުނެފައިވާއިރު، 47 އިންސައްތަ މީހުން ބުނެފައިވަނީ ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށެވެ. ހަމައެހެންމެ، ސީބީއެސް/ޔޫގަވް އިން ނެގި ޕޯލުން ދައްކާ ގޮތުގައި ހެރިސް އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް 50 އިންސައްތަ މީހުން ބުނެފައިވާއިރު، ޓްރަމްޕް ކާމިޔާބު ކުރައްވާނެ ކަމަށް ބުނެފައިވަނީ 49 އިންސައްތަ މީހުންނެވެ.

އެހެންނަމަވެސް، ކުރިން ނެގުނު ބައެއް ޕޯލްތަކުން ދެ ކެންޑިޑޭޓުން އެއްވަރުވެފައިވާ މަންޒަރު ފެނިފައިވެއެވެ. މިގޮތުން، މި މަހުގެ 23 ން 24 އަށް ނަގާފައިވާ ޕޯލަކުން ދައްކާފައިވާ ގޮތުގައި ދެ ކެންޑިޑޭޓުން އެއްވަރުވެފައި ވަނީ 49 އިންސައްތަ ވޯޓުންނެވެ. އަދި ހުކުރު ދުވަހު ނެރުނު ޓައިމްސް/ސިއެނާ ޕޯލްގައިވެސް ޓްރަމްޕާއި ހެރިސް 48 އިންސައްތަ ވޯޓުން އެއްވަރުވެފައިވެއެވެ.

"ސްވިންގް" ސްޓޭޓްތަކަށް ބަލާއިރު، މިޝިގަން އާއި ނެވާޑާގައި ހެރިސް ލީޑް ކުރައްވާއިރު، ވިސްކޮންސިން، ޕެންސިލްވޭނިއާ އަދި ނޯތު ކެރޮލައިނާގައި ޓްރަމްޕް އަންނަނީ ލީޑް ކުރައްވަމުންނެވެ. ޖޯޖިއާ އާއި އެރިޒޯނާގައި ދެ ކެންޑިޑޭޓުން ވެސް ވަނީ އެއްވަރަކަށް ވޯޓު ހޯއްދަވާފައެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަށް ދެ ކެންޑިޑޭޓުން ވެސް އަންނަނީ ފޯރިގަދަ ވާދަވެރި ކެމްޕޭނެއް ކުރިއަށް ގެންދަވަމުންނެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

19 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

1 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy