ފުލެޓް ލިބުމަކީ ގިނަބައެއްގެ އެދުމެއް
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގިނަ ބަޔަކު ކުރިމަތިލައި މައްސަލަ ބޮޑުވެފައިވާ ފްލެޓް ލިސްޓް ފުރިހަމައަށް ނިންމައި އަންނަ މަހުގެ ދެވަނަ ހަފުތާގައި ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާ ލިސްޓް ފުރިހަމައަށް އެކުލަވާލަން އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ކުރީގެ ސަރުކާރުން ލިސްޓް އެކުލަވާލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރި ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައާ ގުޅިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފައާ އެކު "ހައުސިން އެޑްވައިޒަރީ ކޮމިޓީ" އާއި މާލޭ ސިޓީ ކައުންސިލުން "ހައުސިން ކޮންސަލްޓެޓިވް" ކޮމިޓީ އެކުލަވާލާފައިވެއެވެ. މިނިސްޓްރީން ބުނެފައިވަނީ މި ކޮމިޓީން ވެސް ފްލެޓްތަކުގެ ދާއިމީ ލިސްޓް އެކުލަވާލާފައިވާ ގޮތް ރަނގަޅު ކަމަށް ނުފެންނަ ކަމަށެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ މި ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އ އެޕްލިކޭޝަން ފޯމުތައް ރީ އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މަސައްކަތް ފުރިހަމައަށް ނިންމާލަން އިތުރު ވަގުތު ބޭނުންވާތީ މި އަހަރުގެ ނޮވެމްބަރު މަހުގެ ދެވަނަ ހަފުތާގެ ނިޔަލަށް ވަގުތީ ލިސްޓް އާންމުކުރުމުގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.
ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރުނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމެން ދެ ދުވަހަށް ވެފައި އޮއްވައެވެ. ވަގުތީ އެއްބަސްވުން ހަދައި ފްލެޓްތައް ހަވާލުކުރަން ފެށުމުން އޭސީސީން އެކަން ހުއްޓުވިއެވެ. އޭސީސީން ހިންގި ތަހުގީގަކަށް ފަހު ބުނެފައިވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް