ލިވަޕޫލާއި އާސެނަލުގެ މެޗު އެއްވަރުވެ، ލިވަޕޫލު ތާވަލުގެ 2 ވަނައަށް

ލިވަޕޫލުގެ ސަލާހު ވަނީ ރޭގެ މެޗުގައިވެސް ލަނޑު ޖަހާދީފަ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ތާވަލުގެ 1 ވަނާގައި އޮތް ލިވަޕޫލާއި އާސެނަލް ބައްދަލުކުރި މެޗު 2-2 ން އެއްވަރުވުމުން ލިވަޕޫލު ތާވަލުގެ 2 ވަނައަށް ވެއްޓިއްޖެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އާސެނަލާއި ލިވަޕޫލްގެ މެޗުގައި އާސެނަލަށް ގޯލުތައް ޖަހާދީފައި ވަނީ ބުކާޔޯ ސަކާ އާއި މިކޭލް މެރީނޯ އެވެ. އަދި ލިވަޕޫލުގެ ލަނޑުތައް ކާމިޔާބުކޮށްދީފައި ވަނީ ވާޖިލް ވެން ޑައިކް އާއި މުހައްމަދު ސަލާހް އެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑް 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވިއިރު، ޗެލްސީން 2-1 އިން ނިއުކާސަލް ޔުނައިޓެޑް އަތުން ވަނީ މޮޅުވެފައެވެ.

ވެސްޓް ހޭމްގެ ކްރައިސެންސިއޯ ސަމާވިލް ގޯލެއްޖަހާ ލީޑު ނަގާފައި ވަނިކޮށް ޔުނައިޓެޑަށް ކަސެމީރޯ އެއްވަރުކޮށްދިން ނަމަވެސް، ޑިފެންޑަރު މަތައިސް ޑި ލިޓް ފައުލުކުރުމުން ލިބުނު ޕެނަލްޓީއަކުން ޖެރަޑް ބޮވެން ވަނީ ވެސްޓް ހޭމް މޮޅުކޮށްދީފައެވެ.

ޗެލްސީން އާއި ނިއުކާސަލް ޔުނައިޓެޑް ބައްދަލުކުރި މެޗުގައި ޗެލްސީގެ ގޯލުތައް ކާމިޔާބުކޮށްދީފައި ވަނީ ނިކޮލަސް ޖެކްސަން އާއި ކޯލް ޕާމާ އެވެ.  ނިއުކާސަލްގެ ހަމައެކަނި ލަނޑު ޖެހީ އަލެކްސަންޑަ އިސާކް އެވެ.

ކޮންމެ ޓީމެއްވެސް ލީގުގައި 9 މެޗު ކުޅެފައިވާއިރު ލީގު ތާވަލުގެ އެއްވަނާގައި 23 ޕޮއިންޓާއި އެކު މިވަގުތު އޮތީ  މެންޗެސްޓާ ސިޓީ އެވެ. 22 ޕޮއިންޓާއި އެކު 2 ވަނާގައި ލިވަޕޫލު އޮތްއިރު 18 ޕޮއިންޓާއި އެކު 3 ވަނާގައި އޮތީ އާސެނަލް އެވެ. ޔުނައިޓެޑް މިހާރު އޮތީ ލީގުގެ 14 ވަނައިގައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

6 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy