ބޭހުގެ އަގު ކޮންޓްރޯލްކުރުމަށް އެންސްޕާއިން އިތުރު ފިޔަވަޅުތަކެއް އަޅައިފި

އާސަންދައަށް ސަރުކާރުން ބޮޑު ހޭދައެއްކުރަން ޖެހޭ

އާސަންދަ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ފެންވަރު ރަނގަޅު ޚިދުމަތެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ 250 ބޭހެއްގެ އަގު އަންނަ މަހުން ފެށިގެން ކޮންޓްރޯލްކުރާނެ ކަމަށް އެންސްޕާއިން ރޭ ބުނެފިއެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން، މިހާރު ބޮޑު އަގުގައި ވިއްކަމުން އަންނަ ބޭސްތަކުގެ އަގު ހެޔޮވެ، އާސަންދަ ސްކީމުގެ ދަށުން ބޭހަށް ކުރާ ޚަރަދުން އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންސްޕާއިން ނެރުނު އިޢުލާނުގައި ބުނެފައިވެއެވެ.

އެންސްޕާއިން ހާމަކުރި ގޮތުގައި، 250 ބޭހުގެ އަގަށް ބަދަލު ގެންނާނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން، 87 ބޭހެއްގެ އަގަށް ނޮވެމްބަރު 1 އިން ފެށިގެން ބަދަލު ގެނައުމަށްފަހު، އިތުރު 126 ބޭހެއްގެ އަގަށް ނޮވެމްބަރު 24 އިން ފެށިގެން ބަދަލު ގެންނަން ވަނީ ނިންމާފައެވެ.

އަގު ކޮންޓްރޯލްކުރާ ހުރިހާ ބޭހެއް ވެސް އެސްޓީއޯގެ ބޭސްފިހާރަތަކުން ލިބެން ހުންނާނެ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ. އަދި މި ބަދަލާ ގުޅިގެން އާސަންދަ ސްކީމު މެދުވެރިކޮށް ރައްޔިތުންނަށް ހިލޭ ބޭސް ލިބިދިނުމުގެ އިންތިޒާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

މި ފިޔަވަޅުތަކަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން އެންސްޕާއިން ކުރަމުން އަންނަ މަސައްކަތެއްގެ ބައެކެވެ. މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި އާދަޔާ ޚިލާފު ބޮޑު ފައިދާއެއް ލައިގެން ބޭސް ވިއްކުމުގެ މައްސަލަ ޙައްލުކުރުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ކަންކަން ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

19 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy