އެކްސަން ޕްލޭން އިފުތިތާހު ކުރުމުގެ ތެރެއިން
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުރިއަށްއޮތް ފަސް އަހަރަށް އަމާޒުކޮށް އެކުލަވާލި ސްޓްރެޓީޖިކް އެކްޝަން ޕްލޭން މިއަދު އިފްތިތާޙުކޮށްފިއެވެ.
ސްޓެލްކޯގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ޕްލޭން ތަޢާރަފުކޮށްދެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
މި ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ޚިދުމަތުގެ ކުރިއެރުމާއި، ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއިއެކު، ރައްޔިތުންގެ އިތުބާރު ހޯދުން ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. ޕްލޭންގައި 5 ސްޓްރެޓީޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓީޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ހިމެނިފައިވާ ކަމަށް ކުންފުނިން މަޢުލޫމާތުދީފައިވެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ މި ޕްލޭންގެ ސަބަބުން ކުންފުނި ހިންގުން އިތުރަށް ހަރުދަނާވެ، ހުރިހާ ދާއިރާތަކުން އެއް އަމާޒަކަށް މަސައްކަތްކުރެވި، ޚިދުމަތްތަކުގެ ފެންވަރު މަތިވެގެންދާނެ ކަމަށެވެ. އަދި ރައްޔިތުންނާއި ކުންފުންޏާ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެންދާނެ ކަމަށްވެސް ސްޓެލްކޯއިން ފާހަގަކޮށްފައިވެއެވެ.
ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި
އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
ކޮމެންޓް