އިންޑިއާގެ އައިވީ ބޭހެއްގައި މައްސަލަ ހުރުމުން އެމްއެފްޑީއޭއިން ސަމާލުވުމަށް އެދިއްޖެ

ރާއްޖެއަށް އެތެރެކުރާ ބޭހުގައި ބައެއް ފަހަރަށް މައްސަލަ ދިމާވޭ

އިންޑިއާގައި އުފައްދާފައިވާ ނޯމަލް އިމިއުނޯގްލޮބިއުލިން އައިވީ ބެޗެއްގައި މައްސަލަތަކެއް ހުރުމުން، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

މައްސަލަ ފާހަގަވެފައި ވަނީ އިންޑިއާގެ އައިކޯ ބަޔޮލޮޖިކްސް ލިމިޓެޑްއިން އުފައްދާފައިވާ، ނޯމަލް އިމިއުނޯގްލޮބިއުލިން ފޯ އިންޓްރަވީނަސް ޔޫސް ބީޕީ ފަސް ޕަސެންޓްގެ ހަތަރު ބެޗެއްގައެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަކޮށްފައިވާ ބޭހުގެ ލިސްޓުގައި އެ ކުންފުނީގެ އެއްވެސް ބޭހެއް ނުހިމެނޭ ކަމަށެވެ. އެހެން ނަމަވެސް އިންޑިއާއާއި ލަންކާއަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމުތަކަށް ވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް އެ ގައުމުތަކުން ބޭސް އިމްޕޯޓް ކުރާތީ އެކަމަށް ސަމާލުވުމަށް އެމްއެފްޑީއޭއިން އެދިފައިވެއެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު ޚާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސްކުރަމުން ގެންދާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު އެމްއެފްޑީއޭގެ ހޮޓްލައިން ނަމްބަރު 7200321އިން ލިބޭނެއެވެ.

ހިއުމަން ނޯމަލް އިމިއުނޯގްލޮބިއުލިންއަކީ އިންފެކްޝަންތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަށިގަނޑަށް ބޭނުންވާ އެންޓިބޮޑީތައް ލިއްބައިދޭ ބޭހެކެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

9 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

11 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy