ހައިކޯޓުން ރައީސްގެ ބައްޕާފުޅުގެ ޚިދުމަތުގެ އަގުވަޒަންކޮށްފި

ހާއްސަ ގައުންކޮޅާ ރައީސް ހަވާލުވެވަޑައިގަންނަވަނީ./ ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ހައިކޯޓުން އިންތިޒާމްކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބައްޕާފުޅު އަލްމަރުޙޫމް ޝައިޚް ޙުސައިން ޢަބްދުއްރަޙްމާންގެ ފަނޑިޔާރުކަމުގެ ޚިދުމަތުގެ އަގުވަޒަންކޮށް، އެމަނިކުފާނަށް ޚާއްޞަ ގައުންކޮޅެއް އެރުވައިފިއެވެ.

މި ގައުންކޮޅާ ހަވާލުވެވަޑައިގެންނެވީ އެމަނިކުފާނުގެ ދަރިކަލުން، ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ޝައިޚް ޙުސައިން ޢަބްދުއްރަޙްމާނަކީ 1980 ގައި ހައިކޯޓު އުފެދުނުއިރު އެންމެ ފުރަތަމަ އައްޔަންކުރެވުނު ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ އެޓަރނީ ޖެނެރަލްގެ ނައިބުކަމާއި، އިސްލާމީ ތަޢުލީމުގެ އެންމެ އިސް މަސްއޫލުވެރިޔާގެ މަޤާމު ވެސް ފުރުއްވާފައެވެ.

މި ރަސްމިއްޔާތުގައި ހައިކޯޓުގައި ޚިދުމަތްކުރެއްވި އެހެން ފަނޑިޔާރުންގެ އަގުވަޒަންކުރުމުގެ ގޮތުން 28 ބޭފުޅަކަށް ގައުންކޮޅު ހަވާލުކުރެވުނެވެ. މީގެ އިތުރުން ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ އެރުވުނެވެ.

މި ރަސްމިއްޔާތުގައި ހައިކޯޓުގެ "އިސްތިރާޖީ އަމަލީ ތަދުބީރު 2025-2027" އިފްތިތާޙުކުރެވުނެވެ. މި ތަދުބީރުގެ މަޤްޞަދަކީ ދުރުރާސްތާގެ އިސްތިރާޖުތަކެއްގެ ތެރެއިން ނިޒާމީ ޙައްލުތަކެއް ހޯދުމެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

7 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy