ބާސެލޯނާއިން އެލް ކްލާސިކޯ 4-0 އިން ކާމިޔާބުކޮށްފި

މިސީޒަންގައި ބާސާ ވަނީ ރަނގަޅު ފޯމެއްގައި

ސްޕެނިޝް ލީގުގައި ރޭ ކުޅެވުނު ބޮޑުމެޗުގެ ދެ ވަނަ ހާފުގައި ޖެހި ގޯލުތަކާ އެކު، ބާސެލޯނާ އަތުން އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑު 4-0 އިން ހިތްދަތި ގޮތަކަށް ބަލިވެއްޖެ އެވެ.

މި ނަތީޖާއާ އެކު، ލީގުގައި ބަލިނުވެ ބާސެލޯނާ އިން ހަދާފައި އޮތް ރެކޯޑާ ހަމަކުރަން ރެއާލުން ކުރި މަސައްކަތް ފެނަށް ދިޔައީ އެވެ. ބާސެލޯނާ އިން ބަލިނުވެ، 43 މެޗު ހަމަކުރިއިރު، ރޭގެ މެޗަކީ، ރެއާލުން ބަލިނުވެ، ކުރިމަތިލި 43 ވަނަ މެޗެވެ. އެކަމަކު، އެ ޓީމު މި ވަނީ އަމިއްލަ ދަނޑުގައި ލަދުވެތި ގޮތަކަށް ބަލިވެފަ އެވެ.

ރެއާލް ދަނޑުގައި ރޭ އެ ޓީމުން 30 ވަނަ މިނިޓްގައި ލީޑުނެގި އެވެ. އެކަމަކު، ކީލިއަން އެމްބާޕޭ ޖެހި މި ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެމްބާޕޭ، މި މެޗުގައި ގިނަ ފަހަރުތަކެއް މަތިން ވަނީ އޮފްސައިޑްވެފަ އެވެ. މެޗުގެ އޮއެވަރު ބާސެލޯނާ ކޮޅަށް އެނބުރުނީ ތިން މިނިޓް ތެރޭ، ރޮބަޓް ލެވަންންޑޯސްކީ ދެ ގޯލު ޖަހައި، ބާސެލޯނާ އަށް ލީޑެއް ހޯދައިދިނުމުންނެވެ. ލެވަންޑޯސްކީ ފުރަތަމަ ގޯލު ޖެހީ 54 ވަނަ މިނިޓްގަ އެވެ، އޭގެ ދެ މިނިޓް ފަހުން، އޭނާ ދެ ވަނަ ގޯލު ޖެހި އެވެ.

ބާސެލޯނާ އިން 77 ވަނަ މިނިޓްގައި ތިން ވަނަ ގޯލު ޖެހި އެވެ. ރަފީނިއާ ދިން ބޯޅައަކުން މި ލަނޑު ޖެހީ 17 އަހަރުގެ ލަމީން ޔަމާލް އެވެ. މި ގޯލާ އެކު، ޔަމާލް ވެފައިވަނީ، އެލް ކްލަސިކޯގެ ތާރީހުގައި ވެސް ގޯލު ޖެހި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އަށެވެ. އޭނާ ގޯލު ޖެހިއިރު، އުމުރަކީ 17 އަހަރާއި 106 ދުވަހެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 84 ވަނަ މިނިޓްގައި ރަފީނިއާ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ.

މި މޮޅާ އެކު، ބާސެލޯނާ ވަނީ ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން 11 މެޗުން ބާސެލޯނާ އަށް 30 ޕޮއިންޓް ލިބިފައިވާއިރު، ރެއާލް ދެ ވަނައިގައި އޮތީ 11 މެޗުން 24 ޕޮއިންޓާ އެކު އެވެ. ހަންސީ ފްލިކްގެ ކޯޗުކަމުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ބާސެލޯނާ އިން މި ވަނީ ހަފްތާއެއްގެ ތެރޭގައި ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބަލިކޮށްފަ އެވެ.

ކޮމެންޓް

team

ސިފައިންގެ އަހަރީ ދުވަސް ފާހަގަ ކުރަން ބޭއްވި މަގުމަތީ ހިނގާލުން ރައީސް ޝަރަފުވެރިކޮށްދެއްވައިފި

47 މިނިޓު ކުރިން
team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

1 ގަޑިއިރު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

9 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

12 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

14 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy