މާފަރު އެއާޕޯޓަކީ އެންމެގިނަ ޖެޓް ޖައްސާ އެއް އެއާޕޯޓް
މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ނިންމައި، ބައިނަލްއަޤްވާމީ ދަތުރުތަކަށް އަލުން ހުޅުވާލައިފި އެވެ.
މި މަސައްކަތުގެ ދަށުން ރަންވޭގެ ދިގުމިން 2،800 މީޓަރަށް ބޮޑުކޮށް، 650 މީޓަރު އިތުރުކޮށްފައިވެ އެވެ. މިހާރު ބޮއިން 777 މާކާގެ ބޯޓުތަކަށް ވެސް މި އެއާޕޯޓަށް ޖެއްސޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން މަޢުލޫމާތު ދީފައިވެ އެވެ.
އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓު ފުރަތަމަ ހުޅުވީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު އެވެ. ނަމަވެސް ރަންވޭ ބޮޑުކުރުމަށްޓަކައި ބައިނަލްއަޤްވާމީ ދަތުރުތައް މެދުކަނޑާލީ މިދިޔަ އަހަރުގެ މެއި މަހު އެވެ. މިހާރު އަލުން އެ ދަތުރުތަކަށް ހުޅުވާލުމާ ގުޅިގެން، މާފަރު އެއާޕޯޓަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޖެޓު ޖައްސާ އެއް އެއާޕޯޓުގެ ގޮތުގައި ދެމިއޮންނާނެ އެވެ.
މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުމުގެ މަޝްރޫޢު ވެސް އެމްޓީސީސީއާ ހަވާލުކޮށްގެން މިހާރު ދަނީ ކުރިއަށެވެ. މި 29.85 މިލިއަން ރުފިޔާގެ މަޝްރޫޢު ނިމުމުން އެއްފަހަރާ 26 ޖެޓު ޕާކުކުރެވޭނެ ކެޕޭސިޓީ ހުންނާނެ އެވެ. މިއީ މިހާރު ހުރި 13 ޖެޓުގެ ޖާގައަށް ވުރެ ދެ ގުނަ އިތުރު އަދަދެކެވެ.
އަހަރެއްގެ މައްޗަށް އެވްރެޖްކޮށް 700 އެއަރ ޓްރެފިކް މޫވްމަންޓްސް ރެކޯޑުކުރެވޭ މި އެއާޕޯޓަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ރާއްޖޭގައި ހެދި އެންމެ ބޮޑު އެއާޕޯޓެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހަދާފައިވާ މި އެއާޕޯޓު އަޕްގްރޭޑްކުރުމާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް