ރައީސްގެ ސްކޮލަޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

ދަސްވެނިވި ފަރާތްތަކެއް

މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން، ރައީސް ދެއްވާ ޚާއްސަ ސްކޮލާޝިޕަށް ޝަރުތުހަމަވާ ދަރިވަރުން އެ ސްކޮލާޝިޕަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވައިލައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މި ސްކޮލާޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުންވާ ދާއިރާއަކުން ބޭނުން ގައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށެވެ.

ސްކޮލަޝިޕް ދިނުމުގައި ބަލާނެ ޝަރުތުތަކަކީ، ރާއްޖޭގެ ސްކޫލެއްގެ ދަރިވަރެއްގެ ގޮތުގައި މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ނުވަތަ ޝަހާދާ ސާނަވީ އިމްތިހާނު ހެދި ދިވެހި ދަރިވަރަކަށްވުމާއި އިސްލާމާއި ދިވެހި ހިމެނޭ ގޮތަށް ފަސް މާއްދާއިން އޭ ސްޓާ ހޯދާފައިވުން އަދި ޖީސީއީ އޯލެވެލް/ އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީއިން ފެށިގެން މަތީ ފާހެއް ހޯދައިފައިވުމެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލަކުން މިދިޔަ އަހަރު ޝަހާދާ ސާނަވީ އިމްތިހާނު ހެދި ދަރިވަރެއް ނަމަ، ޝަހާދާ ސާނަވީ އިމްތިހާނުން ފައިނަލް އެވްރެޖްގައި އޭ ސްޓާ ފާހެއް ހޯދައިފައިވުން އަދި އެޗްއެސްސީ ދިވެހި މާއްދާއިން އޭ ސްޓާ ފާހެއް ހޯދައިފައިވުމާއެކު ޖީސީއީ އޯލެވެލް / އައިޖީސީއެސްސީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން އިނގިރޭސިން ސީއިން ފެށިގެން މަތީ ފާހެއް ހޯދައިފައިވާނަމަ ވެސް ސްކޮލަޝިޕަށް ކުރިމަތިލެވޭނެ އެވެ.

ނުވަތަ، އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާއިން ޝަހާދާ ސާނަވީ އިމްތިހާނުން އެއް ވަނަ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް ސްކޮލަޝިޕަށް އެދި ހުށަހެޅޭނެ އެވެ.

މި ސްކޮލާޝިޕަށް ލިޔެކިޔުން ހުށަހަޅަން ޖެހޭނީ މިނިސްޓްރީގެ ޕޯޓަލް މެދުވެރިކޮށެވެ. ސްކޮލާޝިޕަށް ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ 13:30 އެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

55 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy