އިސްރާއީލުން އީރާނުގެ އަސްކަރީ 20 ތަނަކަށް އަމާޒުކޮށް ހަމަލާދީފި

އިސްރާއިލުގެ އިސްވެރިން

ޒަޔަނިސްޓް އިސްރާއިލުން އީރާނުގެ އަސްކަރީ 20 ތަނަކަށް އަމާޒުކޮށް ހަމަލާދާތަކެއް ދީފިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން ފަހަރެއްގެ މަތިން އީރާނުގެ އަސްކަރީ    20 ތަނަކަށް ފައިޓަރ ޖެޓުންނާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު މިހާރު އެ ހަމަލާތައް ހުއްޓާލާފައިވާ ކަމަށެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމަލާ ދީފައިވަނީ ކުރީއްސުރެ ހަމަލާދޭން ކަނޑައަޅާފައިވާ އަސްކަރީ 20 ތަނަކަށެވެ. މީގެ ތެރޭގައި އީރާނުގެ ވެރިރަށް ތެހެރާނާއި، ގުމް، ޚަރާޖް އަދި ތޯން ސިޓީގައިވާ އަސްކަރީ ތަންތަން ހިމެނެއެވެ. އިސްރާއީލުން ހަމަލާދިނީ މި ސިޓީތަކުގައިވާ އަސްކަރީ ބައެއް ބޭސްތަކާއި، ހަތިޔާރު އުފައްދާ ބައެއް ކާރުޚާނާތަކާއި، ޖާސޫސީ ބައެއް މަރުކަޒުތަކަށެވެ.

އިސްރާއީލުގެ މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުން، އީރާނުގެ އެންމެ ބޮޑު އެއް އެއަރޕޯޓުކަމަށްވާ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއަރޕޯޓަށްވެސް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދިނެވެ. ނަމަވެސް، އީރާނުގެ ތެލާއި ގޭހާ ބެހޭ މަރުކަޒުތަކާއި ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާ ދީފައި ނުވާނެ ކަމަށް އިސްރާއީލުގެ ބަޔާނުގައި ބުނެފައިވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި ހަމަލާދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ފުރަތަމަ ހަމަލާއާއި ދެވަނަ ހަމަލާއާ ދެމެދު ވިއްސަކަށް މިނެޓު އަދި ދެވަނަ ހަމަލާއާއި ތިންވަނަ ހަމަލާއާ ދެމެދު ބައިގަޑިއެއްހާއިރު ވޭތުވިކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

މި ހަމަލާތަކާ ގުޅޭގޮތުން އީރާނުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އީރާނުގެ މަދަނީ ދިފާއާބެހޭ މަސްއޫލުވެރިއަކާ ހަވާލާދީ އީރާނުގެ އޮންލައިން ބައެއް ނޫސްތަކުގައި ބުނެފައިވަނީ ހަތް ގޮވުމެއްގެ އަޑު އީރާނުގެ ވެރިރަށް ތެހެރާނުން އިވިފައިވާ ކަމަށެވެ. މީގެ ތެރޭގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އިސްރާއީލުގެ ހަމަލާތައް މަތަކުރުމަށް ފޮނުވާލި މިސައިލްތަކެއްގެ ގޮވުންތައްވެސް ހިމެނެއެވެ.

އިމާމް ޚުމައިނީ އެއަރޕޯޓަށް ހަމަލާދިން ކަމަށް އިސްރާއީލުން ބުނި ނަމަވެސް، އީރާނުގެ ނޫސްތަކުގައި ބުނެފައިވަނީ އެ އެއަރޕޯޓަށް އަދި އީރާނުގެ ދެވަނައަށް އެންމެ ބޮޑު އެއަރޕޯޓުކަމަށްވާ މަހްރު އާބަދު އެއަރޕޯޓަށްވެސް އެއްވެސް ހަމަލާއެއް އަރާފައި ނުވާ ކަމަށެވެ. އަދި އެ ތަންތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެ ތަންތަން ބަންދުކޮށްފައިވެސް ނުވާ ކަމަށެވެ.

ނަމަވެސް، އިސްރާއީލުގެ ހަމަލާތަކުގެ ތަންކޮޅެއް ކުރިން އީރާނުން ވަނީ ވައިގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ. އަދި އީރާނުގެ ޖައްވު ވަގުތީ ގޮތުން ބަންދުކޮށްފައިވާކަންވެސް ވަނީ އިއުލާނުކޮށްފައެވެ.

އީރާނުގެ މަދަނީ ދިފާއީ ޚިދުމަތްތަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ހަމަލާތަކާ ގުޅިގެން އެ ޚިދުމަތުން ކުއްލި ގޮތަކަށް ހަރަކާތްތެރިވާންޖެހޭ ފަދަ އެއްވެސް ހާލަތެއް ވެރިރަށް ތެހެރާނުންވެސް އަދި ތެހެރާނުގެ ބޭރުގައިވާ ސަރަހައްދަކުންވެސް ކުރިމަތިވެފައެއް ނުވެއެވެ.

އިސްރާއީލުން ބުނާ ގޮތުގައި މި ހަމަލާތައް އީރާނަށް ދިނީ މި މަހުގެ އެއްވަނަ ދުވަހު އީރާނުން އިސްރާއީލަށް ދިން ވަރުގަދަ މިސައިލް ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. އެ ހަމަލާތަކުގައި އިސްރާއީލުގެ އަސްކަރީ އަދި މަދަނީ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފަހުން ވަނީ ހާމަވެފައެވެ. ނަމަވެސް އެ ހަމަލާތަކުގައި މީހަކު މަރުވެފައެއް ނުވެއެވެ.

މި ހަމަލާތަކަކީ އިސްރާއީލާއި އީރާނާ ދެމެދު އޮތް ދުޝްމަނުކަން އިތުރަށް ގޯސްވެގެން ދިއުމުގެ ނިޝާނެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ދެކެމުންދާއިރު، މި ސަރަހައްދުގެ ހަމަޖެހުމަށް އިތުރު ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރު ފާޅުކުރަމުންދެއެވެ. މި ހާދިސާއާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން ވަނީ ދެ ފަރާތަށްވެސް ހަމަޖެހުމަށް ގޮވާލާފައެވެ.

ކޮމެންޓް

team

ރައީސް ދެއްވަނީ ޖާގައާ ވަސީލަތުގެ ގޮތުން އެމްއެންޔޫއަށް ކުރިއެރުން ހޯދަދޭނެ ކަމުގެ ޔަގީންކަން

30 މިނިޓު ކުރިން
team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

8 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

11 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

12 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

13 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

1 ދުވަސް ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

1 ދުވަސް ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy