ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުން އަންނަ އަންގާރަ ދުވަހު

ގުރު ނެގުމަށް ގިނަބަޔަކު އަންނަނީ އިންތިޒާރު ކުރަމުން

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބޭ ފަރާތްތަކުގެ ގުރުނެގުން އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

މީގެ ތެރޭގައި ކުރިން ގިރާވަރުފަޅުން ގޯތި ލިބި، ގުޅިފަޅަށް ބަދަލުކުރި ފަރާތްތަކާއި، މިހާތަނަށް ގުޅިފަޅުން ގޯތި ލިބިފައިވާ އެންމެހައި ފަރާތްތައް ހިމެނެއެވެ.

ގުޅިފަޅު ލޭންޑް ޔޫސް ޕްލޭނަށް އައި ބަދަލާ ގުޅިގެން، ކުރިން ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ލޮކޭޝަން ބަދަލުވެފައިވާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ. މި ބަދަލާ ގުޅިގެން އަލުން ގުރުނެގުން ބާއްވަން ނިންމާފައިވަނީ ގޯތިތަކުގެ ވެރިފަރާތްތަކަށް އިންސާފުވެރި ފުރުޞަތެއް ދިނުމުގެ ގޮތުންނެވެ.

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތަފްޞީލު މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އެގޮތުން 1250 އަކަފޫޓުން ފެށިގެން 3650 އަކަފޫޓާ ހަމައަށް ތަފާތު ބޮޑުމިނުގެ ޖުމްލަ 3,520 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ދޫކުރަނީ 1650 އަކަފޫޓުގެ 1,234 ގޯއްޗެވެ.

ގުރުނެގުން ކުރިއަށްދާނީ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ދަރުބާރުގޭގެ ރަންނަ ބަނޑޭރި މާލަމުގައެވެ. ގުރުނެގުމުގައި ބައިވެރިވާ ފަރާތްތަކުގެ ތަރުތީބު ކަނޑައަޅާފައިވަނީ މިނިސްޓްރީން އެކުލަވާލާފައިވާ ލިސްޓުތަކުގައިވާ ގޮތުގެ މަތިންނެވެ. ގޯތި ލިބޭ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން ހާޒިރުވާނަމަ، ބިން ލިބޭ ފަރާތުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާއި އައިޑީކާޑުގެ ކޮޕީ ގެންދިއުމަށް މިނިސްޓްރީން އަންގާފައިވެއެވެ.

ގުރުނަގާ ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީއާއި ބިން ލިބޭ ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާ ގުޅޭ މަޢުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. މި ގުރުނެގުމަކީ ނިމިދިޔަ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމްގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދެވޭ ކަމެއް ކަމަށްވާއިރު، މި ސްކީމްގެ ދަށުން ޖުމްލަ 9,003 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy