ދަރަނިވެރިވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގަވަރުނަރު މުނައްވަރު ގޮވާލައްވައިފި

ގަވަރުނަރު އަހުމަދު މުނައްވަރު

ބޮޑަށް ދަރަނިވެރިވެފައިވާ ގައުމުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި މަލްޓިލޭޓަރަލް ބޭންކުތަކަށް ރާއްޖޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ގޮވާލައްވައިފި އެވެ.

މުނައްވަރު މިކަމަށް ގޮވާލެއްވީ އެމެރިކާގެ ވޮޝިންޓަންގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކާއި އައިއެމްއެފްގެ އަހަރީ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގެ ރިޔާސަތު މި އަހަރު ބަލަހައްޓަނީ ރާއްޖެއިންނެވެ.

މުނައްވަރު ވިދާޅުވީ ތަރައްގީ ވަމުން އަންނަ އިގްތިސާދުތަކުގެ ތެރެއިން ތިން ބައިކުޅަ ދެ ބަޔަކީ ބޮޑެތި ދަރަނިތަކެއް ތަހައްމަލްކުރަމުންދާ ގައުމުތަކެއް ކަމަށެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތަކާއި ގައުމުތަކުގެ ހާލަތަށް މިހާރަށްވުރެ ބޮޑަށް ވިސްނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ކްލައިމެޓް އެޑަޕްޓޭޝަނަށް އިންވެސްޓްކުރާ ގައުމުތަކުގެ ދަރަނި ލުއިކޮށްދެވޭނެ ގޮތެއް ރާވަންޖެހޭ ކަމަށާއި، ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ތަރައްގީވަމުން އަންނަ އިގްތިސާދުތަކުގައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށާއި ހަމަހަމަ ފުރުސަތުތަކެއް ދިނުމަށާއި އިގްތިސާދު ސިންދަފާތުކުރުމަށް ވިސްނަންޖެހޭ ކަމަށް މުނައްވަރު ވިދާޅުވިއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ، ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ކުރިމަގުގެ ޕްލޭންތަކާއި ހަރަކާތްތައް ރާވާއިރު ކޮންމެ މެމްބަރު ގައުމެއްގެ ބޭނުންތަކާއި ގާބިލްކަމަށް ފެތޭ ގޮތަށް އެކަންކަން ކުރުން މުހިއްމު ކަމަށެވެ. އަދި މިކަންކަން މިމަގުން ނުކުރެވިއްޖެ ނަމަ، ރައްޔިތުންގެ އުންމީދުތައް ތައް ތަމްސީލުކުރުމަށް "އަޅުގަނޑުމެން ފެއިލްވީ" ކަމަށް އޭނާ ވިދާޅުވިއެވެ.

މުނައްވަރުގެ ވާހަކައިގައި އިގްތިސާދީ ގޮތުން ގޮންޖެހުން ބޮޑު ތިން ކަމެއް ފާހަގަކުރެއްވިއެވެ. އެއީ މޫސުމީ ބަދަލުތަކާއި ދަރަނި މެނޭޖްކުރުމާއި ނިޒާމީ ބަދަލުތަކެވެ. މިގޮތުން، 2028 ވަނަ އަހަރު ދިވެހިރާއްޖޭގައި 33 އިންސައްތަ ކަރަންޓް އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް އަޒުމް ކަނޑައަޅާފައިވާ ކަމަށާއި، މި މަޝްރޫއުއަށް ގާތްގަނޑަކަށް 1.3 ބިލިއަން ޑޮލަރު ބޭނުންވާއިރު އަދި މިހާތަނަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ އެންމެ 13 އިންސައްތަ ކަމަށް މުނައްވަރު ފާހަގަކުރެއްވިއެވެ.

މުނައްވަރު އިތުރަށް ވިދާޅުވީ، އައިއެމްއެފް އާއި ވޯލްޑް ބޭންކާ ގައުމުތަކުން ގުޅިފައިވަނީ ހަމައެކަނި ފައިސާ ފޯރުކޮށްދިނުމުގައި ނޫން ކަމަށާއި ގައުމުތަކުގެ އިގްތިސާދީ މުސްތަގުބަލު އެ މުއައްސަސާތަކުގެ ކާމިޔާބީއާ ގުޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރުތައް ފެއިލް ކޮށްގެން ނުވާނެ. ވަކިން ހާއްސަކޮށް އަޅުގަނޑުމެން ތަމްސީލުކުރާ ރައްޔިތުންގެ އުއްމީދުތައް ފެއިލްވެގެން ނުވާނެ،" މުނައްވަރު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މުނައްވަރު ދެއްކެވި ވާހަކަފުޅުގައި، ތަރައްގީވަމުން އަންނަ ގައުމުތަކަށް ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތަކަށް އަލިއަޅުވާލައްވައި، މިގައުމުތަކަށް އެހީތެރިވުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދަރަނީގެ މައްސަލަތަކަށް ހައްލު ހޯދުމަށާއި، މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކަށް ގޮވާލެއްވިއެވެ.

މި ބައްދަލުވުމުގައި މުނައްވަރު ދެއްކެވި ވާހަކަފުޅުތަކުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިގްތިސާދީ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ސަމާލުކަން ހޯދުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

27 މިނިޓު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

1 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

15 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

16 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

21 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

22 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

22 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

23 ގަޑިއިރު ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy