ތޫފާން "ދާނާ" އިންޑިއާގެ އިރުމަތީ ސަރަހައްދަށް އަރައިފި

ތޫފާނުން ރައްކާތެރިވުމަށް މީހުން އެހެން ތަނަކަށް ގެންދަނީ

އިންޑިއާގެ އިރުމަތީގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ބާރު ވަޔާ އެކު ތޫފާނު "ދާނާ" އަރައިފިއެވެ.

މި ތޫފާން އޮޑިޝާ ސްޓޭޓްގެ އުތުރު އައްސޭރިފަށަށް އަރާފައިވާއިރު، ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހޭ ކަމަށް ޖޮއިންޓް ޓައިފޫން ވާނިން ސެންޓަރު (ޖޭޓީޑަބްލިއުސީ) އިން މަޢުލޫމާތު ދީފައިވެއެވެ.

އިންޑިއާ ގަޑިން ހެނދުނު 9 ޖެހިއިރު، ކޮލްކަތާގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 250 ކިލޯމީޓަރު ދުރުގައި އޮތް މި ތޫފާން ގަޑިއަކު 12 ކިލޯމީޓަރުގެ ބާރުމިނުގައި ހުޅަނގު އުތުރަށް ދަތުރުކުރަމުން ދިޔައެވެ. ތޫފާނުގެ ސަބަބުން އޮޑިޝާ އާއި ހުޅަނގު ބެންގަލް ސްޓޭޓަށް 50-150 މިލިމީޓަރު އާއި ދެމެދުގެ މިންވަރަކަށް ވާރޭ ވެހިފައިވެއެވެ. އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ޗަންދުބަލީ ޓައުންއަށް ކަމަށްވާއިރު، އެއީ 160 މިލިމީޓަރުގެ ވާރޭއެކެވެ.

ތޫފާން އެރުމުގެ ކުރިން ކަމާބެހޭ ފަރާތްތަކުން ވަނީ ލައްކައެއްހާ މީހުން ތޫފާން އަރާނެ ކަމަށް ބެލެވޭ ހިސާބުތަކުން ނެރެފައެވެ. އަދި ސްކޫލްތައް ބަންދުކޮށް، ބައެއް ހިސާބުތަކުގެ ރޭލުތަކާއި ފްލައިޓްތައްވެސް ކެންސަލްކޮށްފައި ވެއެވެ. އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ވަނީ އޮޑިޝާއާއި ހުޅަނގު ބެންގަލްގެ ބައެއް ހިސާބުތަކަށް ރަތް ސަމާލުކަން ނެރެފައެވެ.

އޮޑިޝާގެ ޗީފް މިނިސްޓަރު މޯހަން ޗަރަން މާޖީ ވިދާޅުވި ގޮތުގައި، ތޫފާންގެ ކުރިން ގާތްގަނޑަކަށް 300،000 މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައިވެއެވެ. އަދި ތިން ޑިސްޓްރިކްޓަކަށް ތޫފާންގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކަމާބެހޭ ފަރާތްތަކުން ރާވާފައިވަނީ 14 ޑިސްޓްރިކްޓަކުން އެއް މިލިއަނަށް ވުރެ ގިނަ މީހުން ނެރުމަށެވެ.

އިންޑިއާގެ އިރުމަތީ އައްސޭރިފަށަކީ ޒަމާނުއްސުރެ ތޫފާން އަރާ ސަރަހައްދެކެވެ. ނަމަވެސް، ފަހަކަށްއައިސް ތޫފާންތައް އަރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިދިޔަ އަހަރަކީ އިންޑިއާއަށް އެންމެ ގިނައިން ތޫފާން އެރި އަހަރު ކަމަށްވާއިރު، އެ ތޫފާންތަކުގައި 523 މީހުން މަރުވެ، 2.5 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.

ކޮމެންޓް

team

ތެދުވެރިކަމާއެކު މަސައްކަތް ކުރުމަށް ސީޕީ، ފުލުހުންގެ ކިބައިން އެދެފި

5 ގަޑިއިރު ކުރިން
team

ހޫނު ގަދަކަމުން ކަރަންޓު އިގުތިސޯދު ކުރުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

8 ގަޑިއިރު ކުރިން
team

ހުޅުމާލެ ހޮސްޕިޓަލްގެ ހިދުމަތް ފުޅާކުރަން ގިނަ މަސައްކަތްތަކެއް އެބަ ކުރަން: ނާޒިމް

9 ގަޑިއިރު ކުރިން
team

މަޖީދިއްޔާއަކީ މި ގައުމުގެ އެންމެ ޝަރަފުވެރި އިލްމީ ބަގީޗާ: ރައީސް

10 ގަޑިއިރު ކުރިން
team

މޫމިން ފުއާދުގެ އާ ދިވެހި ފިލްމު "އަބަދަށް" މާލެއާ އެއްކޮށް ރަށްރަށުގައި ދެއްކޭ ގޮތް ހަދައިފި

21 ގަޑިއިރު ކުރިން
team

ސުވަރުގެ ހަރާމް ވާނެ މީހުން ކަނޑައެޅުމަކީ ސިޔާސީ ވާހަކައެއް ނޫން: ޝަކީލް

23 ގަޑިއިރު ކުރިން
team

ހަރަމްފުޅުގެ އިމާމު، ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު

1 ދުވަސް ކުރިން
team

ޖަމީލަށް ސައީދުގެ ރައްދެއް: ޕާޓީ ހިންގުމުގެ ނަމުގައި ގައުމާއި އާއިލާތަކަށް ކުރަނީ ފުރައްސާރަ

1 ދުވަސް ކުރިން
team

ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފަރުވާ ދެނީ

1 ދުވަސް ކުރިން
team

ސިފައިންގެ ދުވަހުގެ މަގުމަތީ ހިނގާލުން މާދަމާ މާލޭގައި

1 ދުވަސް ކުރިން
team

ޒަރީރު އޮޅުންފިލުވައިދިނީ ތާރީޙު: ބަލްފޯ ޑިކްލަރޭޝަނަކީ މައްސަލައިގެ ފެށުން!

1 ދުވަސް ކުރިން
team

ޒަކާތުގެ ޝަރުއީ މަގުސަދު ހާސިލު ކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރީން، މުދަލު ޒަކާތް އަދާކޮށްގެން: ހުތުބާ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy