މަޖިލިސް މެންބަރު އިބްރާހިމް ފަލާހު
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމަށް އެއްބާރުލުން ދެއްވުމުގެ ގޮތުން، ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހިމް ފަލާހު މެންބަރުކަމުގެ މުސާރައިގެ 10 އިންސައްތަ އެއް އަހަރު ދުވަހަށް ނުނަގަން ނިންމަވައިފިއެވެ.
މެންބަރު ފަލާޙް "އެކްސް" މެދުވެރިކޮށް ވިދާޅުވީ، އޭނާގެ މަޖިލިސް މުސާރަ އަންނަ ނޮވެމްބަރު މަހުގެ އެކަކުން ފެށިގެން އެއް އަހަރު ދުވަހަށް 10 އިންސައްތަ އުނިކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ރައީސް މުއިއްޒު، ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުކޮށް، އާމްދަނީ އިތުރުކޮށް، ޚަރަދުތައް ކުޑަކުރުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލިސް މެންބަރުންގެ މުސާރައަކީ މިހާރު ކޮމިޓީ އެލަވަންސާ އެކު 82،500 ރުފިޔާއެވެ. 10 އިންސައްތަ އުނިކުރުމުން މުސާރައިގެ ގޮތުގައި 74،250 ރުފިޔާ ލިބިލައްވާނެއެވެ. މީގެ އިތުރުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ މުސާރައިގެ 50 ޕަސެންޓު ނުނަގަން ނިންމަވައިފައިވާކަން ހާމަކުރައްވާފައެވެ.
މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި
ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި
ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި
ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި
ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި
ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު
މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި
އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި
އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް
މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ
ކޮމެންޓް