"ދިޔަވަރު.ކޮމްގެ" ހަބަރުތަކާމެދު ސަމާލުވުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފި

މީޑިއާ ކައުންސިލް

"ދިޔަވަރު.ކޮމް" ވެބްސައިޓުން ފަތުރާ ހަބަރުތަކާމެދު އާންމުން ސަމާލުވުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

އެ ވެބްސައިޓަކީ ރަޖިސްޓަރީކޮށްގެން ހިންގާ ނޫހެއް ނޫންކަމަށާއި، އެ ވެބްސައިޓާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާކަމަށް ކައުންސިލުން ބުނެފައިވެއެވެ.

މި އަހަރު މީޑިއާ ކައުންސިލަށް ލިބުނު 77 ޝަކުވާގެ ތެރެއިން 63 ޝަކުވާއަކީ ދިޔަވަރު ވެބްސައިޓާ ގުޅޭ މައްސަލަތަކެވެ. މި ޝަކުވާތައް ބެލިއިރު، އެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދާއި އަޚްލާޤީ މިންގަނޑާ ޚިލާފު ލިޔުންތަކެއްކަން ފާހަގަކުރެވިފައިވެއެވެ.

އެހެންކަމުން، ދިޔަވަރު ވެބްސައިޓުގެ ޚަބަރުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށާއި، އެ ވެބްސައިޓުން ފަތުރާ ޚަބަރުތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ. އަދި ސުރުޚީ އެކަނި ކިޔުމުގެ ބަދަލުގައި އާޓިކަލްތައް ހުޅުވައި، ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައިގެން ލިޔެފައިވާ ޚަބަރެއްތޯ ޔަގީންކުރުމަށްވެސް އެދިފައިވެއެވެ.

މީޑިއާ ކައުންސިލުން އިތުރަށް ބުނެފައިވަނީ، ރަޖިސްޓަރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބަލާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ގާނޫނާއި ގަވާއިދުގައި ނެތްކަމަށެވެ. އެހެންކަމުން، ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތަކާއި ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ފަދަ ކަންކަމުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ބްލޮކްކުރުން ހިމެނޭ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް

team

ފަށާ މަދަދު ލޯނުގެ ދެވަނަ ބުރު ހުޅުވާލައިފި

22 މިނިޓު ކުރިން
team

އައު ޓާމިނަލްގެ މަސައްކަތް ކާމިޔާބު ކަމާ އެކު ގެންދެވުނީ ރައީސްގެ ލަފައާއި އިރުޝާދުގެ ދަށުން: ޝަރީފް

1 ގަޑިއިރު ކުރިން
team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

2 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

3 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

3 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

17 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

18 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

23 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

23 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

1 ދުވަސް ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

1 ދުވަސް ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy