ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

އެމްއެމްއޭ

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ޓީޖީއެސްޓީ ދައްކާ ފަރާތްތަކަށް ވީހާވެސް އަވަހަކަށް އެމްއެމްއޭގައި ރަޖިސްޓްރީވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

މިއީ ބޭރުފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ކުރަންޖެހޭ ކަމެކެވެ.

އެމްއެމްއޭއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮންލައިންކޮށް ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އެމްއެމްއޭ އެފްއެކްސް ރެޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެއެވެ. މި ގަވާއިދުގެ ދަށުން މަރުކަޒީ ބޭންކުގައި ރަޖިސްޓްރީ ވާން ޖެހޭ އެންމެ ފަހު ތާރީޚަކީ މިހިނގާ އޮކްޓޯބަރުމަހުގެ 30 ވަނަ ދުވަހެވެ.

މިއާއެކު، މަރުކަޒީ ބޭންކުން ވަނީ މިހިނގާ އޮކްޓޯބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން، ރާއްޖޭގައި ހިންގާ ޓޫރިޒަމް ވިޔަފާރިތަކުން ރާއްޖޭގެ ބޭންކްތަކަށް ޑޮލަރު މާރުކުރުން ލާޒިމްވާގޮތަށް އައު އުސޫލެއް އެކުލަވާލާފައެވެ. މި އުސޫލުގެ ދަށުން، ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް ވަންނަ ޑޮލަރު އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ލާޒިމްކޮށްފައިވެއެވެ.

އެމްއެމްއޭއިން ކަނޑައަޅާފައިވާ ގޮތުގައި، ކެޓަގަރީ އޭގައި ހިމެނޭ ޓޫރިސްޓް ރިޒޯޓުތަކާއި، ހޮޓާތަކާއި، އުޅަނދުތަކާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހޭނެއެވެ. އަދި ކެޓަގަރީ ބީގައި ހިމެނޭ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ހުންނަ ތަންތަނުން މާރުކުރަންޖެހޭ އަދަދަކީ ޓޫރިސްޓަކަށް 25 ޑޮލަރެވެ.

އެމްއެމްއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ވަކި ހާލަތްތަކެއްގައި މިއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އޮތޯރިޓީގައި އެދެވިދާނެއެވެ. މިފަދަ ހާލަތްތަކުގެ ތެރޭގައި ބޭރުފައިސާއިން ޓެކްސް ދެއްކުމާއި، މާލީ އިދާރާއަކަށް ބޭރުފައިސާއިން ދަރަނި ދެއްކުމާއި، ކޯޓު ހުކުމަކުން ކަނޑައަޅާފައިވާ ބޭރުފައިސާގެ އިލްތިޒާމްތަކާއި އަދި އޮތޯރިޓީން ހުއްދަދޭ އެހެނިހެން ބޭރު ފައިސާގެ އިލްތިޒާމްތައް ހިމެނެއެވެ.

ކޮމެންޓް

team

މާލޭގައި ދުވާލަކަށް 1،000 ޓަނުގެ ފެން އުފެއްދޭ ޕްލާންޓެއް ބަހައްޓައިފި

1 ގަޑިއިރު ކުރިން
team

ރޯވި އެޕާޓްމެންޓުގެ މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި

2 ގަޑިއިރު ކުރިން
team

ޕެރަގުއޭގެ އައު ސަފީރު، ރައީސަށް ފަތްކޮޅު އަރުވައިފި

2 ގަޑިއިރު ކުރިން
team

ވީއައިއޭގެ އައު ޓާމިލަށް ފެން ފޯރުކޮށްދޭ ހޮޅި އިފުތިތާހު ކޮށްފި

16 ގަޑިއިރު ކުރިން
team

ހައްޖާއި އުމްރާއާ ގުޅޭ މުހިއްމު މައުލޫމާތު ހިމެނޭ އެޕެއް ލޯންޗުކޮށްފި

17 ގަޑިއިރު ކުރިން
team

ފުލުހުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

22 ގަޑިއިރު ކުރިން
team

މިއަހަރު ނިމުމުގެ ކުރިން ހުރިހާ ސުކޫލެއް އޭސީކޮށް ނިމޭނެ: މިނިސްޓަރު

22 ގަޑިއިރު ކުރިން
team

މާލޭ ގެއެއް ބަލައި ފާސްކޮށް، ޑުރަގާ އެކު ދެމީހަކު ހައްޔަރު

23 ގަޑިއިރު ކުރިން
team

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒައިދާންގެ ދެމަފިރިން ހައްޔަރުކޮށްފި

23 ގަޑިއިރު ކުރިން
team

އޯއައިސީ އިތުރަށް ހަރުދަނާކޮށް، އެކުގައި މަސައްކަތް ކުރުމަށް ގޮވައިލައްވައިފި

1 ދުވަސް ކުރިން
team

އީރާނުގެ ނިއުކްލިއާ މަރުކަޒު ތަކަށް ހަމަލާ ދީފިން: ޓްރަމްޕް

1 ދުވަސް ކުރިން
team

މާލޭ ގެއެއްގެ މަތިން ވެއްޓުނު އަންހެނަކަށް އަނިޔާވެ، ފަރުވާދެނީ

1 ދުވަސް ކުރިން
Dheli logo

Copyright © 2024 Dheli Online · Terms and Conditions · Privacy Policy